Advertisement

އެމްޑަބްލިޔުއެސްސީ އިން ދެއްވަދޫއަށް 300 ފެން ކޭސް ދިނުމަށް ނިންމައިފި

13 Jan 2021 | 14:15

ކޮވިޑް-19 އާއި ގުޅިގެން މުޅު ރަށް ލޮކްޑައުން ކޮށްފައިވާ ގއ.ދެއްވަދޫ އަށް 300 ކޭހުގެ ފެން ދޭން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ) އިން ނިންމައިފިއެވެ.

ގއ.ދެއްވަދޫ އިން ކޮވިޑް019 އަށް ރައްޔިތުންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ލޮކްޑައުންކޮށްފައިވާއިރު، އެކި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. އެގޮތުން، މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށުގައި ފެން ލިބުން ދަތިވުމެވެ.

އެގޮތުން ފެންކުންފުނިން ދެއްވަދޫއަށް 300 ކޭހުގެ ފެން ދިނުމަށް ނިންމާފައިވާއިރު، ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހް ވިދާޅުވީ، މިރޭ އެރަށަށް ފުރާ ބޯޓަކަށް ފެން އަރުވައިދޭނެ ކަމަށެވެ.އަދި މިއީ ދެއްވަދޫގެ ރައްޔިތުންނަށް ފެނުގެ ދަތިކަން ކުރިމަތިވެފައިވާތީ، އެރަށު ކައުންސިލުގެ އެދުމުގެ މަތިން ދިނުމަށް ނިންމާފައިވާ ފެން ކޭސްތަކެއްކަންވެސް ފާހަގަކުރެއްވިއެވެ.

ލޮކްޑައުންގެ ސަބަބުން އެރަށުގެ ހުރިހާ ސިނާޢަތަކަށް އަސަރުކޮށްފައިވާއިރު، އެކަމުގެ ސަބަބުން ލިބެމުންދާ ދަތިތަކުން އަރައިގަތުމަށް އެރަށު ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް

Advertisement