ޒިކްރާ މިސްކިތުގެ މައްސަލައިގައި އެސްޖޭ ކޮންސްޓްރަކްޝަނަށް ބަދަލެއްދޭން ނުޖެހޭ: ސިވިލް ކޯޓު

13 Jan 2021 | 11:13

މާލޭގެ ޒިކްރާ މިސްކިތް ހުންނަ ބިމުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލި މައްސަލައިގައި، އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި އެކުންފުނިން އެދިފައިވަނީ އެއްބަސްވުން އުވާލުމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ނޯޓިހަކީ ބާތިލް ނޯޓިހެއްކަމަށް ކަނޑައަޅައިދީ، އެއްބަސްވުން އުވާލުމުގެ ހައްގެއް އެ މިނިސްޓްރީގައި ނެތްކަމަށް ނިންމައިދީ، އެއްބަސްވުމާއިގެން ކުރިއަށްދާން އިސްލާމިކް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދީ ނުވަތަ އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަަަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގައިދޭށެވެ. އެގޮތުން އެ ކުންފުނިން ވަނީ 111،120،000 ރުފިޔާ އެކުންފުންޏަށް އެއްފަހަރާ ދެއްކުމަށް އިސްލާމިކް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެދޭން އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ފައްޔާޟު ޝާތިރު ނެރުއްވި ހުކުމްގައި ނިންމަވާފައިވަނީ އެސްޖޭ ކުންފުނިން އެދުނު އަދަދު ބަދަލެއްގެ ގޮތުގައި ނަގައިދެވެން ނެތްކަމަށެވެ.

މީގެއިތުރުންވެސް މި ހުކުމްގައި ވަނީ އިސްލާމިކް މިނިސްޓްރީއާ އެސްޖޭ ކުންފުންޏާއި ދެމެދުގައި 2018ވަނަ އަަހަރުގައި ގާއިމްކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި އެއްބަސްވުން ބާތިލްކުރަން ނޯޓިސް ފޮނުވީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް އެކަން ކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫންކަމަށް ހުކުމްގައި ވަނީ ފާހަގަކުރިއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް