އާރޑީސީގެ މޫސަގެ އަމާޒު ޒަމާނީ ފެންވަރަށް ހަދާފައިވާ މާލެ ރިންގް ރޯޑް އަލުން ހެދުމަށް!

20 Jan 2021 | 19:13

ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތައް ތަރައްޤީކުރިއިރު، ތާރުއަޅާފައިވާ މަގުތަކުގެ ތާރުގަނޑު ކަނޑައިގެން އަލުން އަލުން ހަދަން ޖެހިފައިވާ ކަމަށް ރޮޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމގައި ވާހަކަ ދައްކަމުން މޫސާ އަލިމަނިކް ވިދާޅުވީ، ތާތުމަގުތަކުގައި އަޅާފައިހުރު ތާރުތައް ކަނަޑައިގެން އަލުން މަގުތައް މަރާމާތުކުރަން ޖެހިފައިވާ ކަމަށެވެ.އަދި އެއްވެސް ޕްލޭނެއްނެތި ކޮށްފައި ހުރި ކަމެއްކަން ފާހަގަކުރައްވައި، އެބޭފުޅާ ވިދާޅުވީ، ތާރުގަނޑު ކަނަޑައިގެން ދިއުމުގެ ސަބަބުން އަލުން ހޮޅިލައިން އަޅަން މިހާރު ޖެހިފައިވާ ކަމަށެވެ.

"އެއްވެސް ޕްލޭނެއްނެތި ކަމެއް ކުރަން ކަންކޮށްފައި އެހުރީ. އެހެންވީމާ ތާރުތައް ކަނޑައިގެން އަލުން ހޮޅި ލައިން އަޅައި އެހުރިހާ ކަމެއްކުރަން ޖެހިފައި މިއޮތީ." އެބޭފުޅާ ވިދާޅުވިއެވެ.

މޫސާ އަލިމަނިކު ވިދާޅުވީ، މުޢިއްޒު ހަތް އަހަރު ދުވަހު ވަޒީރުކަމުގައި ހުންނަވައިގެން ދިވެހި ރައްޔިތުންނަށް ނަތީޖާއެއް ނެރެނުދެވުނު ކަމުގައެވެ.

Advertisement

ކޮމެންޓް