23 Jan 2021 | 23:17
އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ނުޖަހާނެ!

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް-19 ބައްޔާއި ދެކޮޅަށް ދޭ ވެކްސިން ނުޖަހާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

ކޮވިޑް ވެކްސިނާއި ގުޅޭގޮތުން އެޗްއީއޯސީން ނެރުނު މައުލޫމާތު ކަރުދާހެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ ވެކްސިންތަކަކީ ކަނޑައެޅިފައިވާ ވަކި އުމުރުފުރާތަކަކަށް ޓެސްޓްކޮށްފައިވާ ވެކްސިންތަކެކެވެ. އެގޮތުން މި ވެކްސިންތައް ޓެސްޓްކުރުމުގެ މަރުހަލާގެ ތެރޭގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޓެސްޓްކޮށްފައި ނުވާތީ، އެކުދިންނަށް ވެކްސިން ނުދޭނެކަމަށް އެ ސެންޓަރުން ވަނީ ނިންމާފައެވެ.

ކޮވިޑް ވެކްސިން ދޭން ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައި ތަރުތީބެއްގެ ދަށުންނެވެ. އެއީ ސިއްހީ އަދި އިޖްތިމާއީ ޚީދުމަތުގައި އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް، ބައްޔަށް ހުށައެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ ފަރާތްތައް އަދި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ. މި ވެކްސިން ދިވެހިރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންވެސް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާއި ނުލައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް ބަލި މީގެކުރިން ޖެހި، މިހާރު ރަނގަޅުވެފައިވާ ފަރާތްތަކުންވެސް މި ވެކްސިން ޖަހަން ޖެހޭނެއެވެ. އެއީ ކޮވިޑް-19 ބައްޔަށް ހުށައެޅުމުން މި ބައްޔާއި ދެކޮޅަށް ދިފާއީ ނިޒާމްގައި ރައްކާތެރިކަން އުފެދި ދެމި ހުންނަ މުއްދަތު އަދި ރަނގަޅަށް ހޯދިފައި ނެތުމުންނެވެ. މި ފަރާތްތަކުން ވެކްސިން ޖެހުމުގެ ކުރިން އެންޓިބޮޑީ ޓެސްޓް ހަދާކަށް ނުޖެހޭނެއެވެ. ނަމަވެސް ބަލި ތަހައްމަލް ކުރަމުންދާ މީހުން، ބަލިން ރަނގަޅުވެ އަލާމާތްތައް ފިލައިދަންދެން ވެކްސިން ނުޖަހާ މަޑުކުރަން ޖެހެއެވެ.

ކޮވިޑް ވެކްސިނަކީ ކޮވިޑް-19 ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިބަލިން ސަލާމަތްވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖަހައިގެންނެވެ.

މި ވެކްސިނަކީ ދުނިޔޭގައި މިހާތަނަށް އެންމެ އަވަހަށް އުފެއްދި ވެކްސިން ނަމަވެސް، އެހެން ވެކްސިންތަކެކޭ އެއްފަދައިން ކޮވިޑް ވެކްސިން އުފެއްދުމުގެ މަރުހަލާގެ ތެރެއިިންވެސް ވަނީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައެވެ. އެގޮތުން ތިން މަރުހަލާއެއްގައި ޓެސްޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.