ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 142 މީހުން!

17 Feb 2021 | 22:13

ދިވެހިރާއްޖެއިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 142 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 129މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 6 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހަކު އަދި ލިވްއަބޯޑްތަކުން ޕޮޒިޓިވްވި ދެމީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،224އަށް އަރާފައެވެ. މީގެ ތެރެއިން 171 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 15،768 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement