ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ގުޅައިދިނުން ހިލޭ!

25 Feb 2021 | 12:39

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތަޢާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މާރިޗް 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން، މި ޚާއްޞަ ޕްރޮމޯޝަނުގައި 15 މާރިޗް 2021ގެ ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ކަސްޓަމަރުން ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން %50 ޑިސްކައުންޓް 2 މަސް ދުވަހަށް ލިބިގެންދާނެއެވެ.

"މިދުވަސްވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ދުވަސްވަރަކަށްވެފައި، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުވެ އިތުބާރުހިފޭ ނެޓްވާރކް އަކައި ގުޅާލުން މިވަނީ އަސާސީ ބޭނުމަކަށް ވެފައި. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ގެޔަށް ލާން ލިބޭ ރަނގަޅު ފުރުޞަތެއް. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖުތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1Gbps ޕެކޭޖްވެސް ދިރާގުން ލިބިގެންދާނެ" ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ޙަސަން ވިދާޅުވިއެވެ.

އަދި ހަމަ މިއާއެކު، ދިރާގު ފައިބަރ ބްރޯޑްބޭންޑް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނަށް މިހާރު %50 އިތުރު ހިލޭ ޑޭޓާ ފައިބަރ ބޫސްޓަރ ތަކުން މާރިޗް މަހުގެ ނިޔަލަށް ލިބިގެންދާނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖުތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިވެއެވެ.

ނޯޓް: މި ޚަބަރު ބިނާވެފައިވަނީ ދިރާގުން ފޮނުވި ޕްރެސް ރިލީސެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް