ސުލްހަވެރި ސިޔާސީ ހަރަކާތަށް މި ސަރުކާރުން ފުރުސަތު ދޭނެ: އިމްރާން

27 Feb 2021 | 12:00

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް މިސަރުކާރުން ފުރުޞަތު ދެއްވާނެކަމަށް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޙަރަކާތްތަކާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން އަބަދުވެސް ފުރުޞަތު އޮންނާނެކަމަށާއި، ރައްޔިތުންނަށް ފަހިވާނެހެން ސަރުކާރުން ފުރުސަތު ދޭނެ ކަމަށެވެ.

އިއްޔެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އެއްވުމާއި ގުޅިގެން ގިނަ ޢަދަދެއްގެ ފުލުހުން މަގުމައްޗަށް ނިކުމެ ޕީޕީއެމްގެ އޮފީހުގެ ދޮރުމަތި ބަންދުކޮށް އިދިކޮޅު ޕާޓީގެ އިސްބޭފުޅުންތަކެއް ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން މާލޭ މަގުތަކުގައި ސިލްސިލާކޮށް އެއްވުންތައް ކުރިއަށް ގެންދާއިރު، އެޗްޕީއޭއިން ވަނީ މަގުމަތީގައި ބޮޑެތި އެއްވުމަތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް އެއްވެ ނޫޅުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

Advertisement

ކޮމެންޓް

Advertisement