02 Mar 2021 | 12:45
ދަރީންނަށްޓަކައި ކޮށްދެވިދާނެ ބައެއް ދުޢާ!

ދަރީން ރަނގަޅު ހެޔޮގޮތުގައި ބޮޑުވުމަކީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ދެކޭނެ އެންމެ ފޮނި އެއް އުއްމީދެވެ. ޚާއްޞަގޮތެއްގައި ތަފާތު އެކި ނުބައި ފިތުނަތައް ފާޅުވެފައިވާ މިފަދަ ޒަމާނެއްގައެވެ. ދަރީންނަކީ އިސްލާމްދީނަށް ލޯބިކުރާ، ޞާލިޙު ހެޔޮ ރަނގަޅު ދަރީންކަމުގައި ހެދުމަށް މައިންބަފައިން ތަފާތު އެތައް ބުރަމަސައްކަތްތަކެއް ކުރަންޖެހެއެވެ. އެދަރީންގެ ދުނިޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުވާނެ ތަރުބިއްޔަތުތަކުން ތަރުބިއްޔަތުކުރަންޖެހެއެވެ. އެފަދަ ތަރުބިއްޔަތުތައް ކުރެވޭނެ އެންމެހާ ސަބަބުތަކެއްގައި ހިފުމަކީ މައިންބަފައިން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

ދަރީން ހެޔޮ ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމުގެ ސަބަބުތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ސަބަބަކީ ދުޢާއެވެ. މައިންބަފައިން ދަރީންނަށް ކޮށްދޭ ހެޔޮ ދުޢާއެވެ. މައިންބަފައިން ދަރީންނަށް ކުރާ ދުޢާއަކީ އިޖާބަވުން އަވަސްވެގެންވާ ދުޢާއެކެވެ. ނަބީބޭކަލުން އެ ސަބަބެއްގައި ހިއްޕަވާފައިވާ ސަބަބެކެވެ.

ދަރީން ހެޔޮގޮތުގައި ލެއްވުން އެދި ކުރެވިދާނެ އެއް ދުޢާއަކީ ދެމަފިރިން އެއްދާންކުރާއިރު މި ދުޢާކިޔުމެވެ. "بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا" މާނައީ: "ﷲގެ އިސްމުފުޅުން ފަށަމެވެ. އޭ ﷲ! ޝައިޠާނާ އަޅަމެންނާ ދުރުކޮށްދެއްވާނދޭވެ! އަދި އިބަ ﷲ އަޅަމެންނަށް ދެއްވަވާ (ދަރީންނާވެސް) ޝައިޠާނާ ދުރުކުރައްވާނދޭވެ!" މި ދުޢާގެ ސަބަބުން ޝައިޠާނުންނާއި އެބައިމީހުންގެ އަޢުވާނުންގެ ދުއްތުރާތަކުން ދަރީން ސަލާމަތްވާނެއެވެ.

އަނެއް ދުޢާއަކީ؛ ދަރީންދެއްވުމަށާއި ޞާލިޙު ދަރިފަސްކޮޅެއް ދެއްވުން އެދި ޒަކަރިއްޔާ عَلَيهِ السَّلام ކުރައްވާފައިވާ ދުޢާއެވެ. އެ ދުޢާއަކީ ((رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ)) (آل عمران: 38) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ޙަޟްރަތުން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ." އަދި ނަމާދު ޤާއިމުކުރާ ދަރީންތަކެއް ދެއްވުމަށް އެދި އިބްރާހީމް عَلَيهِ السَّلام ކުރައްވާފައިވާ ދުޢާއަކީ މުހިއްމު ދުޢާއެކެވެ. ނަމާދު ޤާއިމުކުރުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ މައި ދޮރެކެވެ. މި ދުޢާއަކީ ((رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ)) (إبراهيم: 40) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރީންކުރެންވެސް މެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލުކުރައްވާނދޭވެ!" އަދި އެ ދަރިންނަކީ ހުރިހާ ގޮތަކުންވެސް މައިންބަފައިންގެ ލޯތަކަށްވާ ފިނިކަމެއްކަމުގައި ލެއްވުމަށް އެދި ކުރުމަށް އަންނަނިވި ދުޢާ އައިސްފައިވެއެވެ. ((رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا)) (الفرقان: 74) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިން (ނުވަތަ ފިރިން) ގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!"

ލޮބުވެތި މައިންބަފައިންނޭވެ! މި ދުޢާތަކަކީ އަބަދުވެސް އެދުޢާތަކެއް ކުރުން މަތީގައި ދެމިތިބެންޖެހޭ ދުޢާތަކެކެވެ. ތިޔަ މައިންބަފައިންގެ ހެޔޮ ދުޢާއަށް ދަރީން ވަނީ ބޭނުންޖެހިފައެވެ. އެއީ ދަރީންގެ ރައްކާތެރިކަމަށްޓަކައެވެ. އެ ދަރީން މަގުގެއްލުމުން ސަލާމަތްވުމަށްޓަކައެވެ. ތިޔަ މައިންބަފައިން ދަރީންނާމެދު ކުރަމުން އަންނަ ފޮނި އުއްމީދުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައެވެ. ނިޢުމަތުގެ މަތިވެރި ސުވަރުގޭގައި އެ ދަރީންނާއެކުގައި ވުމަށްޓަކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ
04 Jul 2026
މަންފާގެ ނަމާދު އެޕް "ބަންގި" - މުހިންމު ފީޗާސްތަކާއެކު، މިހާރު ޑައުންލޯޑްކޮށްލެވޭނެ
މީގެ އިތުރުން ހޯމް ސްކްރީނު ނަމާދު ވަގުތުތަކާއި ކުރިއަށް އޮތް ނަމާދަށް އޮތީ ބާކީ ކިހާ ވަގުތެއްކަން އަންގައިދޭނެ އެވެ
04 Jul 2026
ދަރިވަރުންގެ އަތުލިޔުން ހުތުރުވާ ސަބަބުތަކާއި، އެކަން ރަނގަޅުކުރެވިދާނެ ގޮތްތައް
އަތުލިޔުން ރީތިކުރުމަކީ ހަމައެކަނި އެކެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ