Advertisement

ދޫ ދީފައި އޮތުމަކީ ދޮގު މަޢުލޫމާތު ފަތުރަންޖެހޭ ސަބަބެއް ނޫން: ޝަރީފު

05 Mar 2021 | 13:32

ދޫ ދީފައި އޮތުމަކީ ދޮގު މަޢުލޫމާތު ފަތުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ޝަރީފް އިދިކޮޅަށް ރައްދު ދެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ވަގަށް ނަގަން އިލެކްޝަންސް ކޮމިޝަނުން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކުރުމާ ގުޅިގެންނެވެ. އީސީގެ ރައީސް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުލެއް ދެއްވާފައި އޮތަތީ ކަމުގެ ޙަޤީޤަތް ބަލާލުމެއް ނެތި ދޮގު މަޢުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް ލުއި ހޯދަން މަސައްކަތް ކުރަމުންދަނީ އޮންލައިންކޮށް ރެޖިސްޓްރޭޝަނަށް މަގުފަހި ކުރަން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބު ވަގަށް ނަގަން އީސީން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އީސީގެ ރައީސްގެ މަޤާމުގައި ޝަރީފް ހުންނަވަނިކޮށް މިނިވަން، އަދި އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅުން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އީސީން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް