ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 167 މީހުން!

04 Mar 2021 | 22:26

ދިވެހިރާއްޖެއިން އިތުރު 167 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 167 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 135 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 17 ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކެވެ. 

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 20،447 އަށް އަރާފައެވެ. މީގެ ތެރެއިން 180 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 17،712 އަށް އަރާފައެވެ.

Advertisement

ކޮމެންޓް