13 Dec 2018 | 18:35
ލަންކާގެ މަޖިލިސް އުވާލީ ގާނޫނާއި ޚިލާފަށް: ސުޕްރީމް ކޯޓު

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވާފައިވާ ނިންމުމަކީ ގާނޫނާއި ޚިލާފް ނިންމުމެއްކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލި މައްސަލަ، ރަނިލް ވިކްރަމަސިންހައިގެ ޔޫއެންޕީން ސުޕްރީމް ކޯޓަށް ހުށައެޅުމުން، އެކޯޓުން މިއަދު ހަވީރު ނެރުނު ހުކުމުގައި ބުނެފައިވަނީ މަޖިލިސް އުވާލުމަށް، އެމަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ތާއިދު ރައީސްއަށް އޮންނަން ވާނެކަމަށެވެ. ލަންކާގެ މިހާރުގެ ގާނޫނު ހަދާ މަޖިލިސް އޮތްގޮތުން، ރައީސް ސިރިސޭނާ އަދި އެމަނިކުފާނުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަަށް އެވަރުގެ ތާރީޚެއް ނެތެވެ.

މި ހުކުމުގައި އިތުރަށް ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލެވޭނީ އެމަޖިލީހުގެ ދައުރުން ހަތަރު އަހަރާއި ބައި ފުރިހަމަ ކުރުމުންކަމުގައިވެސް ފާހަގަކޮށްފައެވެ.

މިއަދުގެ މި ހުކުމް ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި ހުކުމާއި ގުޅިގެން ލަންކާގެ ބޮޑުވަޒީރަކީ އަނެއްކާވެސް ރަނިލް ވިކްރަމަސިންހައަށް ވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ރައީސް ސިރިސޭނާ ވަނީ ރަނިލްއާއި އެކު މަސައްކަތް ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.