Advertisement

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅެއް ނުވޭ: ރައީސް ޞާލިޙް

14 Apr 2021 | 05:06

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވޮއިސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ރައީސް ޔާމީންގެ ޞިއްޙީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ކުރީގެ ފަސްޓްލޭޑީ މެޑަމް ފާޠިމަތު އިބްރާހީމް ފޮނުއްވި ސިޓީފުޅެއްގައި، ރައީސް ޔާމީންގެ ޞިއްޙީ މައްސަލަތަކެއް ހުރި ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނަށް ޑޮކްޓަރުން ލަފާ ދެއްވީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނަމަވެސް، އެމަނިކުފާނު އެގޮތް ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ރާއްޖެއިން ނުހެދޭ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ބުނީ. ބޭނުންފުޅުވަޑައެއް ނުގެންނެވި. އެއީ ކުރިން ޑޮކްޓަރުން ދެއްވި ލިޔުމެއް" ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް