ރޯދަމަހު ކުނި ނަގާނެ ގަޑިތަކަށް ބަދަލު ގެނެސްފި

12 Apr 2021 | 20:40

ވެމްކޯއިން ރޯދަމަހު މާލެ ސަރަޙައްދުގެ ގޭބީސީތަކުން ކުނި ނަގާނެ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެކުންފުނިން ބުނީ މި ރޯދަމަހު ވެމްކޯއިން މާލޭގެ ސަރަޙައްދުގެ ގޭބީސީތަކުން ކުނިނަގަމުން ދާނީ ރޭގަނޑު 10:00 އިން 11:00އަށް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވެމްކޯއިން ވަނީ މީގެ ކުރިންވެސް ކުނިނެގުމުގެ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. 

އެގޮތުން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނިނަގަމުން ދިޔައީ، ރޭގަނޑު 10:00 ފެށިގެން 12:00 އާއި ދެމެދުގެ ވަގުތެއްގައެވެ. އެހެންކަމުން އެގަޑިތަކުގައި ކުނި ބޭރުކޮށްދިނުމަށް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް