ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 84 މީހުން

12 Apr 2021 | 22:12

ދިވެހިރާއްޖެއިން އިތުރު 84 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 84 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 32 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 37 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހެއްގެ އިތުރުން ލިވްއަބޯޑުތަކުން ޕޮޒިޓިވްވި ދެމީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،701 އަށް އަރާފައެވެ. މީގެ ތެރެއިން 64 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 22،796އަށް އަރާފައެވެ.

Advertisement

ކޮމެންޓް