N/A
N/A
ހަބަރު 13 Apr 2021 | 18:19

ވޮއިސް އަދި ސަލަފް ޖަމުޢިއްޔާ ގުޅިގެން ސްކޫލް ކުދިންނަށް ޚާއްޞަ ދީނީ ސުވާލު މުބާރާތެއް!

1442 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ޖަމުޢިއްޔަތުއްސަލަފް އަދި "ވޮއިސް"އިން ގުޅިގެން ސްކޫލް ދަރިވަރުންނަށް ޚާއްޞަ ދީނީ ސުވާލު މުބާރާތެއް ފަށައިފިއެވެ.

"ޑޯން ޓު ޑަސްކް"ގެ ނަމުގައި މިއަދުން ފެށިގެން ކުރިއަށްދާ މި ސުވާލު މުބާރާތުގައި އުމުރުން 10 އަހަރާ 16 އަހަރާއި ދެމެދުގެ ކޮންމެ ކިޔަވާ ކުއްޖަކަށްވެސް ބައިވެރިވެވިދާނެއެވެ. މި ސުވާލު މުބާރާތުގެ ސުވާލު، ކޮންމެ ދުވަހެއްގެ ހެނދުނު 10 ޖަހާއިރު، "ވޮއިސް"ގެ ފޭސްބުކް އަދި ޓްވިޓަރގައި ޝާއިޢުކުރެވޭނެއެވެ. މި ސުވާލުތަކަށް ޖަވާބުދޭން ޖެހޭނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ގޫގްލް ފޯމެއް މެދުވެރިކޮށްގެންނެވެ. ކޮންމެ ދުވަހެއްގެ ސުވާލަށްވެސް ޖަވާބު ދިނުމުގެ އެންމެ ފަހު ވަގުތަކީ އިރުއޮއްސި ހައެއް ޖަހާއިރެވެ.

ކޮންމެ ދުވަހެއްގެ ސުވާލަށް ރަނގަޅު ޖަވާބުދޭ ދަރިވަރުންގެ މެދުގައި ގުރުއަތު ނަގައިގެން ހޮވޭ ދަރިވަރަކަށް، ހުޅުމާލޭގެ މަޝްހޫރު "ޕިއްޒާ ކިޗަން"އިން ހަދިޔާކުރާ ޕިއްޒާއެއް ލިބިގެންދާނެއެވެ. ކޮންމެ ދުވަހެއްގެ ނަސީބުވެރި ކުއްޖާ ގުރުއަތުން ނެގުން އޮންނާނީ ސަލަފް ޖަމްއިއްޔާގެ ވައިބަރ ގްރޫޕުގައެވެ.

ބަރަކާތްތެރިވެގެންވާ ރަމަޟާން މަހާއި ދިމާކޮށް މިފަދަ ދީނީ ސުވާލު މުބާރާތެއް ބޭއްވުމުގެ މައިގަނޑު އަމާޒަކީ، ދަރިވަރުންގެ މެދުގައި ދީނީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު މުއްސަނދިކުރުމެވެ. މި ފުރުޞަތުގައި މި ނޫހުގެ އެންމެހާ ކިޔުންތެރިންނަށް ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުން، މި ރަމަޟާން މަހުގައިވެސް ތަފާތު ގިނަ ކޮންޓެންޓްތަކެއް ކިޔުންތެރިންނަށް ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި
17 Oct 2026 ހަބަރު

ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރަން އެމްޑަބްލިއުއެސްސީން ދިރާސާކުރަން ފަށައިފި

މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ބެލުމަށް އެމްޑަބްލިއުއެސްސީން ދިރާސާއެއް ފަށައިފިއެވެ. މި ޓެކްނޮލޮޖީން ކަރަންޓު ބޭނުންކުރާ މިންވަރު 40 އިން 50 އިންސައްތައަށް ދަށްކުރެވޭނެއެވެ.

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި
17 Oct 2026 ހަބަރު

ޒަކާތާއި ވަގުފް އިންވެސްޓްމަންޓްތަކުން އަހަރަކު 250 މިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފައިފި

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ ބޭނުންކުރާނީ މުވައްޒަފުންގެ މުސާރަ ނުހިމަނައި، މިނިސްޓްރީގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށެވެ. މި ތަސައްވުރުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފްގެ 8 މަޝްރޫއެއް ނިންމުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް
17 Oct 2026 ހަބަރު

މިއަހަރުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ އެކްސިޑެންޓް

ފުލުހުންގެ ވެބްސައިޓުގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2،379 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ. މި އަހަރު ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ 9،912 މައްސަލައިގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެންމެ ގިނަ މައްސަލަތަކަކީ ވައްކަމުގެ ކުށުގެ މައްސަލަތަކެވެ. އެގޮތުން، ވައްކަމުގެ 2،753 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި
17 Oct 2026 ހަބަރު

ތުލުސްދޫ ކައުންސިލްގެ 2024 ކޮމްޕްލައިންސް އޮޑިޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފި

ކައުންސިލުން ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާގެ މައްސަލާގައި ބުނެފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް 1.8 މިލިއަން ރުފިޔާ ލިބެންޖެހޭކަމަށެވެ.

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
17 Oct 2026 ހަބަރު

އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯއަށް ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

އާންމުންނަށް ވޯޓުލެވޭނީ "ޕީއެސްއެމް އެއަރ" އެޕްލިކޭޝަނުންނެވެ. ވޯޓުލުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު، ބުރާސްފަތި ދުވަހުގެ ދަންވަރު 00:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަށް 60،000 ރުފިޔާގެ އިނާމެއް ދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު
17 Oct 2026 ހަބަރު

އިންވަސްޓަރުންނަށް ބިރުދެއްކުމާއި ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަންޖެހޭ: ސައީދު

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ކުރިމަގަށްޓަކައި އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރާ މިފަދަ އަމަލުތައް ހުއްޓާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.