14 Apr 2021 | 18:10
އިންތިޚާބުން އެނގުނީ ދިވެހި ރައްޔިތުން ވޯޓުލާން ބޭނުންވަނީ "ދިރިހުރި" މީހުންނަށްކަން: ޢަލީ ޙުސައިން

ދިވެހި ރައްޔިތުން ވޯޓުލާން ބޭނުންވަނީ ދިރިހުރި، ފުރާނަހުރި އިންސާނުންނަށްކަން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުން އަންގައިދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ސަރުކާަރަށް ދެތިންކަމެއް ބުނެދީފައިވާ ކަމަށެވެ.

"ދިވެހީންނެއް ބޭނުމެއް ނުވޭ ކޮންމެހެން، ދިރުމެއް ނެތް، ތިލަފަތަކަށް، ނޫނިއްޔާ ރުކަކަށް ވޯޓުލާކަށް ބޭނުމެއް ނޫން" ޢަލީ ޙުސައިން ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ގިނަ ކެނޑިޑޭޓުންނަށް ކާމިޔާބު ލިބިފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި ޢަލީ ޙުސައިން ވިދާޅުވީ، ރަނގަޅަށް ޚިދުމަތް ކޮށްދެވޭ މީހަކު ކުރިމަތިލައިފިނަމަ، ދިވެހީން ވަކި ސިޔާސީ ޕާޓީއަކަށްވެސް ނުބަލާކަން ނިމިގެން ދިޔަ އިންތިޚާބުން ހާމެވެގެން ދިޔަ ކަމަށެވެ.

މީގެ އިތުރުން، ޢަލީ ޙުސައިން ވިދާޅުވީ ތިމާ ނިސްބަތްވާ ޕާޓީގެ ފަރާތުން ކުރިމަތިލި ނަމަވެސް، ޒިންމާ އަދާ ނުކުރެއްވޭނަމަ، ރައްޔިތުން އެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެކަން އިންތިޚާބުން ޔަޤީންވި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
22 Jul 2026
ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި
މިއީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ކުރެވުނު މަސައްކަތެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
22 Jul 2026
ބީއެމްއެލްގެ 'އާޔާ' އަށް އައު ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕާއި އިންޓަރނެޓް ބޭންކިންގެ ޒަރީޢާއިން ޚިދުމަތްތަކަށް އެދޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޗެޓް އެސިސްޓެންޓް 'އާޔާ' ގެ ޤާބިލުކަން އިތުރުކުރަން ފަށައިފިއެވެ.