އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު މަންމޯހަން ސިންގް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

01 May 2021 | 18:59

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަންމޯހަން ސިންގް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަނީ ވެރިރަށް ދިއްލީގައި ހުންނަ އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވީ ހޯމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 88 އަހަރުގެ މަންމޯހަން ސިންގް ފަރުވާ ހޯއްދަވަން ވަޑައިގަތީ ކޮވިޑްގެ އަލާމަތްތައް ފެނުމާއެކުގައެވެ. އޭގެ އެއްދުވަސްކުރިން ކޮންގްރެސް ޕާޓީގެ އެއްވުމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ.

އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement

ކޮމެންޓް