Advertisement

މަތިވެރިން ގިނަބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ރަށް މޮނިޓަރިންއަށް

22 Apr 2021 | 00:42

އއ.މަތިވެރިން ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މަތިވެރި ހެލްތު ސެންޓަރުން މަޢުލޫމާތު ދެއްވި ގޮތުގައި އެރަށުން ބަޔަކު ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ބަލީގެ ޢަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދައްކައި ޓެސްޓު ކުރުމުންނެވެ. ބަލި ޖެހިގެން މިހާތަނަށް 10 މީހަކު ވަނީ ކަރަންޓީނުކުރެވިފައެވެ.

މަތިވެރިން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިހާރު ވަނީ ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

Advertisement

ކޮމެންޓް