އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް، 18 ކޮވިޑް ޕޭޝަންޓުން މަރުވި

01 May 2021 | 16:28

ގުޖުރާތުގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 18 މީހަކު މަރުވެއްޖެއެެވެ.

ހަތަރު ފަންގިފިލާގެ މި ހޮސްޕިޓަލުގެ ކޮވިޑް ވޯޑުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހާދިސާގައި މަރުވި މީހުންގެ އިތުރުން، ކޮވިޑް ވޯޑުގައި 50 ޕޭޝަންޓުން ފަރުވާ ހޯދަމުން ދިޔަ ކަމަށް ބައިނަލްއަޤުވާމީ ރިޕޯޓުތައް ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގުމުން، ހޮސްޕިޓަލުގެ ތެރެއިން މަރުވީ 12 މީހުންނެވެ. ދެން ތިބި މީހުން މަރުވެފައިވަނީ ސަލާމަތްކޮށްގެން، އެހެން ހޮސްޕިޓަލުތަކަށް ގެންދިޔުމުގެ ތެރޭގައެވެ.


Advertisement

ކޮމެންޓް

Advertisement