ސަމާލު ނުވެއްޖެނަމަ، ހޮސްޕިޓަލުތައް ފުރިގެން ދިޔުމުގެ ބިރު އެބައޮތް: މަބްރޫކް

04 May 2021 | 11:47

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ރާއްޖޭގެ ހޮސްޕިޓަލުތައް ފުރޭ ހާލަތަކަށް ގޮސްފާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ގިނަ ދުވަސްތަކަކަށްފަހު މަބްރޫކް ވަނީ މިރޭ ބައިވެރިވެވަޑައިގެންފައެވެ.

މަބްރޫކް ވަނީ ކޮވިޑްގެ އަދަދުތައް އާދަޔާ ޚިލާފަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެގޮތުން ބަލި ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުންގެ އަދަދުތައް އިތުރުވެ، ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވިއެެވެ.

" ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރާ މީހުން އިތުރުވެއްޖެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން ދެކެން ބޭނުން ނުވި ދުވަހެއް އަޅުގަނޑުމެންގެ ކުރިމައްޗަށް އައިސްދާނެ" މަބްރޫކް ވިދާޅުވިއެެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު އަށް ފިޔަވަޅެއް، މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިޢުލާންކޮށްފައެވެ. މި ފިޔަަޅުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 10 ދުވަހަށެވެ. އެއީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

Advertisement

ކޮމެންޓް

Advertisement