16 May 2021 | 10:28
ދިވެހިންގެ ފަރާތުން ޣައްޒާއަށް ކާއެއްޗެހި ބަހަން އުޅެނިކޮށް ބޮމުގެ ހަމަލާއެެއް ދީފި

ދިވެހީންގެ ފަރާތުން، ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާ އެއްޗެހި ފޯރުވައިދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ވެއާހައުސް އެއްގެ ކައިރިއަށް އިސްރާއީލުން ބޮން އަޅައިފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވޮއިސްއަށް މަޢުލޫމާތު ދިން ގޮތުގައި، ބޮން އަޅާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަަށް ގެންދާ "ލޯތްބާއިއެކު" ކެމްޕޭނުގެ އެހީ ބަހަން ތައްޔާރުވަމުން ދިޔަ ވެއާ ހައުސް އެއްގެ ކައިރިއަށެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު، މުޙައްމަދު ޢަލީ މިރޭ ވިދާޅުވީ، ޣައްޒާ ތެރޭގައި މިވަގުތު އައިއޭސީގެ ހަތަރު ޕާޓްނާ އެންޖީއޯއެއް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއަދު ވެއާ ހައުސްގެ ކައިރިއަށް ބޮމެއް ވައްޓާލީ އެ މަސައްކަތުގެ ދަށުން ދިވެހީންގެ އެހީގައި 200 ޢާއިލާއަކަށް ފުޑް ޕެކޭޖާއި ހޮޓް މީލްސް ބެހުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.

"މި އިންސިޑެންޓު ހިނގީ، ހޮޓް މީލްސްތައް ރެޑީކުރަން ތިބި ވެއާ ހައުސް ކައިރިއަށް ބޮން އެޅީ. އޭރު އަޅުގަނޑުމެންގެ ޓީމުތަކުން ކައްކާފަ ޕެކް ކުރަން އުޅެނިކޮށް. ބޮން އެޅި އިރު އަޅުގަނޑު ހުރީ ގުޅައިގެން. ވަޓްސްއެޕް ވީޑިއޯ ކޯލެއްގަ ހުރީ،" މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ކެމްޕޭނުގެ ދަށުން މިއަދު ހޮޓް މީލްސް އާއި ފުޑް ޕެކޭޖުތައް ބެހުމަށް ހަމަޖެހިފައި އޮތީ ނޯތު ޣައްޒާގައި ގެދޮރު ނެތި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ ޢާއިލާ ތަކަށް ކަމަށާއި ނޯތު ޣައްޒާގައި ހަމަލާތައް އިތުރުވުމާ ގުޅިގެން އެތައް ބައެއްގެ ގެދޮރު ގެއްލުމުން، މިވަގުތު އެމީހުން ވަދެ ތިބީ ސްކޫލުތަކުގައި ކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއަށްފަހުވެސް ދިވެހިން ޣައްޒާއަށް ފޯރުކޮށްދިނުމަށް ފޮނުވި އެހީ ރައްދުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން، މިހާރު އެއިޑް ޓީމުން މަސައްކަތް ކުރަމުން އަންނަނީ އޭގެ ތެރެއިން ސްކޫލެއްގައި ތިބި މީހުންނަށް ހޮޓް މީލްސް ފޯރުކޮށްދިނުމަށެވެ.

މުޙައްމަދު ޢަލީ ވިދާޅުވީ ފުޑް ޕެކޭޖުގައި، ކޮންމެ ޢާއިލާއަކަށް އެއް މަސް ދުވަހު ކެވޭނެ އެއްޗެހި ހުންނާނެ ކަމަށެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ލޯތްބާއިއެކު ކެމްޕެއިން އިން ދުނިޔޭގެ 17 ސަރަޙައްދެއްގެ އެތައް ޤައުމަކަށް ފާއިތުވި ހަތަރު އަހަރު ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިވަގުތު ޣައްޒާގައި އިމަޖެންސީ ހާލަތެއް އޮތުމުން، ޣައްޒާގައި އިމަޖެންސީ ރިލީފް އޮޕަރޭޝަނެއްގެ ގޮތުގައި ކެމްޕެއިން ވަނީ ފުޅާކޮށްފައެވެ.

ލޯތްބާއެކު ކެމްޕެއިން މެދުވެރިކޮށް، ފަލަސްޠީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިވެވޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ އެކައުންޓް ނަންބަރަކީ: 7770000026259 (ރުފިޔާ އެކައުންޓް)

އިތުރު މަޢުލޫމާތު:

ހޮޓްލައިން: 9122121

ވައިބާ: 9122121

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.