ބައެއް ކްލިނިކްތަކުން ޕޮޒިޓިވް ސާމްޕަލް ޕެކިން ސްޓޭންޑަރޑް އާ ޚިލާފަށް ކުނިބުނީގެ ތެރޭގައި ބަހައްޓާ: ވެމްކޯ

10 Jun 2021 | 10:45

ބައެއް ކްލިނިކްތަކުން އާންމު ކުނިބުނީގެ ތެރޭގައި ކޮވިޑް ސާމްޕަލް ޕެކިންއާއި ޚިލާފަށް ބަހައްޓާކަން ފާހަގަކުރެވިފައި ވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ވިދާޅުވީ، ޕޮޒިޓިވް ސާމްޕަލް އުކާލުމުގައި، ބައެއް ކްލިނިކްތަކުން ޕެކިން ސްޓޭންޑަރޑްއާއި ޚިލާފުވެފައިވާ ކަމަށެވެ.

އެގޮތުން ޕޮޒިޓިވް ސާމްޕަލް ޕެކިން ސްޓޭންޑާޑް އާއި ޚިލާފަށް ކުނިބުނީގެ ތެރޭގައި އެފަދަ ތަކެތި ބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށާއި ކްލިނިކްތަކުން އެގޮތަށް ކަންތައްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަހަލަ މައުލޫމާތު ލިބުނީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަ ކުރަން. މީ ދިވެހި ރައްޔިތެއްގެ ގޮތުގަވެސް އަޅުގަނޑަށް ގަބޫލުކުރަން ދަތިކަންތައްތައް މިހުންނަނީ. ޚާއްސަކޮށް ޕްރޮފެޝަނަލް ސަރވިސް ޕްރޮވައިޑަރއެއްގެ ދައުރު އަދާކުރަމުންދާ ހެލްތު ފެސިލިޓީއަކުން މިކަހަލަ ކަންތައްތައް މިކަހަލަ ދުވަސްވަރެއްގައި އަމުދުން ކޮށްގެނެއް ނުވާނެ."، އެމްޑީ ޢާދަމް މުޙައްމަދު ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، މިފަދަ ކަންތައްތަކަކީ ނުރައްކާތެރި ކަންތައްތަކެއް ކަމަށާއި އެއްވެސް ފަރާތަކުން ޢާންމު ރައްޔިތުން މިކަހަލަނުރައްކަލަކަށް ހުށަހެޅޭ އެއްވެސް ކަމެއްގައި ފަރުވާ ކުޑަ ނުކުރެއްވުމަށެވެ. އަދި އެފަދަ ކަންތައްތަކަކީ ގަސްތުގައި ކުރާ ކަންކަމުގެ ގޮތުގައިވެސް ފާހަގަކުރެއްވިއެވެ.

"މީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އެއްވެސް ކްލިނިކަކުން އެއްވެސް ބޭފުޅަކު ޚާއްސަކޮށް މެޑިކަލް ފެސިލިޓީއަކުން އެއްވެސް ގޮަތެއްގައި އެކަހަލަ ކަމެއްގައި އަޅުގަނޑުމެންނަށް ހަމަ ވަކިން ގުޅުއްވާފަ ވަކިން އެ ސާވިސްއަސް ރިކުއެސްޓު ކުރީމަ އަޅުގަނޑުމެންގެ ވަކި ޓީމެއްދާނެ އެތަނަށް"، އެބޭފުޅާ ވިދާޅުވިއެވެ،

Advertisement

ކޮމެންޓް