16 Jul 2021 | 15:51
ޖަލުތަކުގައި ހަރުކުރި ޖޭމަރުތައް ވަރަށް ފަސޭހައިން ހަލާކުވެދާނެ: އިމްރާން

ޖަލުތަކުގައި ހަރުކުރި ޖޭމަރުތައް ވަރަށް ފަސޭހައިން ހަލާކުވެދާނެކަމަށް ހޯމްމިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޖުލައި 5 ވަނަ ދުވަހު އެމްޑީޕީގެ "މެއި6" ކޮމެޓީގެ މެމްބަރުންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާކަމަށް ރޭ އެމްޑީޕީގެ 179 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ވިދާޅުވެފައެވެ.

ހަސަން އަފީފް ވިދާޅުވީ ޖަލުތަކުގައި ހަރުކަށިފިކުރު ފެތުރޭ މިންވަރު އިތުރުވެފައިވާތީ ގައިދީން ފޯނު ވައްދައިން ބޭރުގައި ތިބޭ ފަރާތްތަކަށް ގުޅާ މައްސަލަ ނުހުއްޓުވިގެން އުޅެނީ ކީއްވެތޯ ސާފުކުރެއްވި ކަމަށެވެ.

އަދި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ޖޭމަރު ހަރުކުރެވިފައިވާ ކަމަށާއި، ޖަލުތަކުގައި ހަރުކުރި ޖޭމަރުތައް ވަރަށް ފަސޭހައިން ހަލާކުވެދާނެ ވާހަކަ ކަމަށް އަފީފް ވިދާޅުވިއެވެ. މީގެ އިތުރުން އެއީ ވަރަށް އަގުބޮޑު ކަމެއް ކަމުން އެކަން މިހާރު ނުކުރެވެނީ ކަމަށް އިމްރާން ވިދާޅުވެފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

"މިނިސްޓަރު ވިދާޅުވަނީ ޖޭމަރު ޖަލުތަކުގައި ހަރުކުރެއްވި ވާހަކަ، އެހެންނަމަވެސް ވަރަށް ފަސޭހައިން އެއެއްޗެއްސަކީ ހަލާކުވާ އެއްޗެހިކަމުން އަދި އަގުބޮޑު ކަމުން އެކަންތައްތައް މިހާރު ނުކުރެވެނީކަމަށް"

އެހެންނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ހަލާކުނުވާނެ ފަދަ ރަނގަޅު އަގެއްގައި ދުނިޔޭގެ ޤައުމުތަކުގައި މިފަދަ އާލާތްތައް ލިބެންހުރި ކަމަށް "މެއި6" ކޮމެޓީގެ ފަރާތުން އިމްރާން އަރިހުގައި ދަންނަވާފައިވާނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަދި މިފަދަ އާލާތްތައް ހޯދާ އޭގެ ބޭނުން ކުރެއްވުމަކީ މުހިންމުކަމެއް ކަމުގައި ހޯމްމިނިސްޓަރަށް ދަންނަވާފައި ވާނެކަމަށް އަފީފްގެ ވާހަކައިގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ވަނީ ޖަލުތަކުގައި ޚާއްސަ އޮޕަރޭޝަންތަކެއް ފަށާފައެވެ. އަދި މުޅި ރާއްޖޭގައިވެސް ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުންނާއި ސިފައިން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ވަނީ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.