އެސްއޯއެފް ކުންފުނީގެ ހިއްސާދާރުން... ފޮޓޯ: އަލްޖަޒީރާ
ހަބަރު
24 Aug 2022 | 19:26
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރަމުން ދިޔަ އެސްއޯއެފްގެ އެކައުންޓު ދޫކޮށްލައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާ ދައުރުކުރަން ބޭނުން ކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުތައް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާ ޖަމާކުރުމާއި، އަދި ޖަމާކުރަމުން ދިޔަ ފައިސާ އެހެން އެކައުންޓުތަކަށް ދައުރުކުރަމުން ދިޔައީވެސް އެސްއޯއެފް ކުންފުނި މެދުވެރިކޮށެވެ.

އެސްއޯއެފްގެ އެކައުންޓް ފްރީޒްކޮށްފައިވަނީ 2020 އަހަރު ސިވިލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.

އެކައުންޓު ފްރީޒު ކުރިއިރު އެ އެކައުންޓުގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަން ސާފެއް ނޫނެވެ.

އެހެން ނަަމަަވެސް ހަމަ ސިވިލް ކޯޓުން މި މަހުގެ 7 ވަނަ ދުވަހު ނެރުނު އަމުރަކާއި ގުޅިގެން މިހާރު ވަނީ އެސްއޯއެފް އެކައުންޓު ދޫކޮށްލާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުންހުރި މައްސަލަތަކެއް ކޯޓުގައި ހިނގަމުންދަނިކޮށް، އެ ޚިޔާނާތުގެ ފައިސާ ދައުރުކުރަމުން ދިޔަ ކުންފުނީގެ އެ ކައުންޓު ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ކޮން ސަބަބާއި ހުރެކަމެއް ނޭނގެއެވެ.

އެ ޚިޔާނާތުގެ މައްސަލަ ބެލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

ވެރިކަމަށް ހުވާކުރައްވާތާ ދެ އަހަރުގެ ތެރޭގައި އެ މުޅި މައްސަލަ ބައްލަވާ  އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވީނަމަވެސް، އެ މައްސަލަ ބަލާ ދައުލަތަށް ލިބުނު ގެއްލުން އިޔާދަކުރުމުގެ މަގްސަދުގައި އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަންވެސް ވަނީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމުގެ ސަބަބުން އުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ