އެމްޑީޕީގެ ދެ ރައީސުން
ހަބަރު
28 Aug 2022 | 12:00
އެމްޑީޕީ ޕްރިމަރީ އޮކްޓޫބަރު މަހު ބާއްވަނީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ތަމްސީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އޮކްޓޫބަރު މަހުގައި ބޭއްވުމަށް ނިންމައިފިއެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ކޮންގްރެސްއާއި ޖެހެންދެން ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަަށް ބަދަލުކުރެއްވުމަށެވެ. އެކަމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި މެދު އެމްޑީޕީގެ ކޮންގްރެސްއިން ގޮތެއް ނިންމާ ދިނުމަށް އެދި ނަޝީދު ގަރާރެއްވެސް ހުށައެޅުއްވިއެވެ.

އެހެން ނަމަވެސް އެ ފަހުން ދެ ރައީސުންގެ ދެމެދުގައި ކުރިއަށް ދިޔަ ހަވާސާ ބައްދަލުވުންތަކަށްފަހު ނަޝީދު ވަނީ އެ ގަރާރު އަނބުރާ ނަންގަވާފައެވެ.

އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު އާއި ޞާލިހުވެސް ވާދަކުރައްވާނެކަމަށް ބެލެވެއެވެ. އެހެން ވެއްޖެކަމަށް ވާނަަމަ މި ޕްރައިމަރީ ވެގެންދާނީ ވަރަށް ފޯރިގަދަ ޕްރައިމަރީއަކަށެވެ.

އެހެން ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީހެއް އަދި އެ ޕާޓީއިން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބަށް އެ ޕާޓީއިން ތައްޔާރުވާން ފަށާފައިވާއިރު، ޕްރައިމަރީއެއްގެ ތެރެއިން ނޫނީ އެއްވެސް ފަރާތަކަށް ރިޔާސީ ޓިކެޓު ހަވާލުނުކުރާނެކަމަށް އެ ޕާޓީިއިން ވަނީ ބުނެފައެވެ.

ޕްރައިމަރީއަށް އެމްޑީޕީއިން ތައްޔާރުވަމުން އަންނައިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާޅުކުރައްވާފައެވެ.

މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުތައް ފުރިހަމަކުރުމަށް އިތުރު ދައުރެއް ބޭނުންފުޅުވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

އަނެއްކޮޅުން އަނބުރާ ވެރިކަމަށް އައުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޅުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ