އިލްޔާސް ޖަމާލު މަގާމުގެ ފަތްކޮޅާއި ހަވާލުވަނީ.... ފޮޓޯ: ސަންގު
ހަބަރު
29 Aug 2022 | 16:58
ސަރުކާރާއި ދެކޮޅަށް ސްޓޭޓް މިނިސްޓަރަކު ޓްވީޓު ކުރުމަށްފަހު ޑިލީޓްކޮށްފި

ކިންގު ސަލްމާނު މިސްކިތުގެ ނަމާދުކުރާ ބައިގައި ގުރުއާން ހިތުދސް ކުރުމުގެ ކްލާހެއް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދީފައިނުވާތީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިލްޔާސް ޖަމާލު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އިލިޔާސް ޖަމާލު މި ވަގުތު ހުންނެވީ ގުރުއާނާއި ބެހޭ މަރުކަޒު ހިންގުމާއި ހަވާލުވެވަޑައިގެންނެވެ. 

އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ގުރުއާން ހިފުޒު ކުލާސްތަކުގެ ޑިމާންޑު ބޮޑުވެ ގިނަ ކުދިންނަށް ފުރުސަތު ދިނުމަށްޓަކައި ކިންގު ސްލްމާނު މިސްކިތުގެ ނަމާދުކުރާ ބައިގައި ހިފުޒު ގަޑިއެއ ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދީފައި ނުވާކަމަށެވެ. އަދި ދަރިވަރުން ގުރުއާން ކިޔަވަން ސަރުކާރުން ނޭދެނީތޯވެސް އޭނާ ގެ ޓްވީޓުގައި އައްސަވާފައިވެއެވެ.

އެހެން ނަމަވެސް އިއލިޔާސް ޖަމާލުވަނީ ފަހުން އެ ޓްވީޓު ޑިލީޓުކޮށްލާފައެވެ.

އަދާލަތުގެ އިސް ބޭފުޅަކު ވިދާޅުވީ އިލްޔާސްގެ ޓްވީޓާއި ގުޅިގެން އެ ޕާޓީގެ އަގު ވެއްޓި ސަރުކާރުގެ ތެރޭގައި އޮތް ފުުރުސަތުތައް ގެއްލިދާނެތީ އިމްރާން އާއި ޕާޓީގެ އިސް ވެރީން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އޭނާގެ ޓްވީޓާއި ގުޅިގެން އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ތެރޭގައި ބޮޑު ހިތްހަމަ ނުޖެހުމެއް އުފެދި އަދި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުންނެވެ. އެ ސަބަބުތަކާހުރެ ސަރުކާރަށް ފާޑުވިދާޅުވުމަސްފަހު އިލްޔާސް ވަނީ ޓްވީޓު ޑިލީޓުކޮށްލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ