ރިޕޯޓް
13 Jul 2022 | 23:33
ގޮތަބަޔާއަށް އަބަދު ރާއްޖޭގައި ފިލާ ނޯވެވޭނެ: މުޒާހަރާގެ ބައިވެރިއެއް

ލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުން އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ގޮތަބަޔާ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާ އިގްތިސާދީ ގޮތުން އިނދަޖެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތިވެސް ނުލިބޭ ހާލަތަށް ދިޔުމުންވެސް، ގޮތަބަޔާއަށް މައްސަލަތައް ހައްލުކޮށްދެވިފައެއް ނުވެއެވެ.

މިހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަންފެށި އެއްވެސް ކަމެއް ކާމިޔާބުވެފައިނުވާއިރު، ލަންކާ ބޮޑު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެން ދިޔުމުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ ވެރިން ކަމަށް ރައްޔިތުން ދެކެއެވެ.

ލަންކާގެ މަސްރަހު ހޫނުވުމުން، އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމުން، އެ ގައުމުގެ ރައްޔިތުން ވަނީ ނުރުހުން ފާޅު ކުރުމަށް ވެރިރަށް މާލޭގެ ކާނިވާ ސަރަހައްދަށް އެއްވެ އަޑު އުފުލާފައެވެ.

މި އެއްވުމުގެ ތެެރެއިން ލަންކާގެ ރައްޔިތުން ގޮވަމުން ދިޔައީ، އެމީހުން ބޭނުމީ ގައުމު އަނބުރާ ހޯދަން ކަމަށެވެ.

ގޮތަބަޔާއަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމުން، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ނުކުތް ލަންކާ ޒުވާނަކު "މޯލްޑިވްސް ވޮއިސް"އަށް ބުނީ އެގައުމުގެ ރައްޔިތުން އެދެނީ ގޮތަބަޔާ އެނބުރި ގައުމަށް ގޮސް، އިސްތިއުފާ ދެއްވައި، ސުލްހަވެރިކަމާއެކު ބާރުތައް ހަވާލު ކުރެއްވުމަށް ކަމަށެވެ.

"އޭނާ އަކަށް އަބަދު މިތާ ފިލައެއް ނުހުރެވޭނެ. ސްރީލަންކާއަށް އެނބުރި ދާން ޖެހޭނެ. ދެން އިސްތިއުފާ ދޭން ޖެހޭނީ. އަހަރުމެން އިތުރު ކަމަކަށް ނޭދެން."

އޭނާ ބުނީ ލަންކާ ރައްޔިތުންނަކީ ސުލްހައަށް ލޯބި ކުރާ ބައެއް ކަަމަށާއި، ބޭނުންވަނީ ގައުމު އަލުން އަނބުރާ ހޯދަން ކަަމަށެވެ.

މިއަދު މެންދުރު ފަހު، ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރި ލަންކާގެ ރައްޔިތުން ގޮވާލީ ރާއްޖޭގައި ހުންނެވުމަށް ގޮތަބަޔާއަށް ފުރުސަތު ނުދިނުމަށެވެ. އަދި އޭނާ ވަނީ ލަންކާ ބަނގުރޫޓުކޮށްފައި ކަމަށް ވެސް ބައެއް ޕޯސްޓަރުތަކުގައިވެއެވެ.

އެ މުޒާހަރާގައި ބައެއް ދިވެހީން ވެސް ބައިވެރިވެ، ގޮތަބަޔާއަށް ހިމާޔަތް ދިނުމާ ދެކޮޅަށް އަޑު އުފުލިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.