ޕީޕީއެމްގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ހަބަރު
01 Sep 2022 | 12:34
އިމްރާނު ތިޔަ ހުންނެވީ ދިގު މުއްދަތަކަށް ބަޔަކަށް އަޅުދާސްތުވެފަ: ހީނާ

ހޯމް މިނިސްޓަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އަކީ ދިގު މުއްދަތަކަށް ބަޔަކަށް އަޅުދާސްތުވެފައި ހުންނެވި ބޭފުޅެއްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

ހީނާ މިފަދައިން ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތްތަކާއި ގުޅޭގޮތުން އިމްރާނު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ. 

އިމްރާނުގެ ޓްވީޓުގައި ވިދާޅުވީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަދެއްކުމަކުން ނުވަތަ ކުރު މުއްދަތެއްގެ މަދު މަސައްކަތަކުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެއާއި ޚިލާފަށް ހެޔޮ ބަދަލެއް ގެނެވޭނީ ވަކި އަމާޒަކަށް ދިގު މުއްދަތެއް ވަންދެން ފޫހިކަމެއް ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުންކަމަށެވެ. 

އިސްލާހީ މަސައްކަތް ކުރާނެ ގޮތުގެ ވާހަކަ އިމްރާނު ވިދާޅުވުމާއި ގުޅިގެން ހީނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ހީނާ ވަނީ މޭޑޭގެ މުޒާހަރާގައި އެތައް ބައެއްގެ ކުރިމަތީގައި މި އޮތީ ޝަހީދު ޑރ އަފުރާޝީމުގެ ގަތުލާއި ގުޅުންހުރި ހެކިތަކެއްކަމަށް ވިދާޅުވެ ކަރުދާސްތަކެއް ދައްކާ، އިތުރުފުޅު ހެއްދެވީވެސް އިމްރާނު އެ ވިދާޅުވި އިސްލާހީ މަސައްކަތުގެ ތެރެއިންތޯ އައްސަވާ ސުވާލުކުރައްވާފައެވެ. 

މޭޑޭގެ މުޒާހަރާގައި ވާހަކަދައްކަވަމުން އިމްރާނު ވަނީ ޑރ އަފްރާޝީމު ޝަހީދުކޮށްލުމުގެ ފަހަތުގައި ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަން ހިނގައިދިޔަގޮތް އިމްރާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށާއި، އެކަމާއި ގުޅޭ ހެކިތައް އޭނާގެ އަތްޕުޅުގައި ހުރިކަމަށް ވިދާޅުވެފައެވެ.

އިމްރާނު ވަނީ ޝަހީދު ޑރ. އަފްރާޝީމުގެ ގަތުލާއި ގުޅުންހުރި ހެކިތަކެއްކަމަށް ވިދާޅުވެ ކަރިދާސްތަކެއްވެސް ދައްކާފައެވެ. 

އެކަންކަމަށް އިޝާރާތްކުރައްވާ ހީނާ ވިދާޅުވީ އިސްލާހަކީ އިމްރާނު ކުރައްވާ ހީލަތްތެރި ކަންކަމުން ގެނެވޭނެ އެއްޗެއް ނޫންކަމަށެވެ. އަދި އިމްރާނު ހުންނެވީ ދިގު މުއްދަތަކަށް ބަޔަކަށް އަޅުދާސްތުވެފައިކަމަށް ހީނާ ވިދާޅުވިއެވެ. 

މި ފަހަކަށް އައިސް، ހޯމް މިނިސްޓަރު އިމްރާނު ގެންދަވަނީ ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ސިޔާސީ މަސައްކަތް ކުރާ ވައްޓަފާޅިވެސް ބަދަލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

އިމްރާނު މި މޭރުމުން ވާހަކަދައްކަވަން ފަށާފައިވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވަނިކޮށެވެ. އިމްރާނު ނިސްބަތްވެ ވަޑައިގެންނަވާ އަދާލަތުންވެސް އެ ޕާޓީގެ ސިޔާސީ ހަރަކާތް ފުޅާކުރުމަށް އަތޮޅުތެރެއަށް ވަނީ ދަތުރުތައް ފަށާފައެވެ. 

އެއާއެކު، އިމްރާނަށް ފާޑުކިޔާ ފަރާތްތައް ބުނަމުންދަނީ އޭނާ މި ފަހަކަށް އައިސް ސިޔާސީ ވާހަކަތައް ދައްކަން ފަށާފައިވަނީ، ކުރިއަށް އޮތް އިންތިޚާބުގައި ކޮންމެވެސް ބަޔަކާއެކު ކޯލިޝަން ހެދުމުގެ ބޭނުމުގައިކަމަށެވެ. އަދި ދެން އަންނަ ވެރިކަމެއްގައި އަދާލަތަށް އޮތް ފުރުސަތުތައް އިތުރުކުރުމަށްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ