މާފުށީ ޖަލު.. ފޮޓޯ: ވީ ނިއުސް
ހަބަރު
04 Sep 2022 | 11:52
ކޮންޑަމެއްގައި ޖަލަށް ޑްރަގް އެތެރެކުރި އަނބިމީހާގެ މައްސަލަ ބަލަން އަމުރުކޮށްފި!

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ފިރިމީހާއަށް މަސްތުވާތަކެތި ގެންގޮސްދިން އަނބިމީހާގެ މައްސަލަ ބަލަން އަމުރުކޮށްފިއެވެ.

މިމައްސަލައިގައި ހިމެނޭ ނޫރާ މޫސާ ނަމަކަށް ކިޔާ އަންހެން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާފުށީ ޖަލުގައި އޮތް ފިރިމީހާއާ ބައްދަލު ކުރަން ޖަލަށް ދިޔައިރު ކޮންޑަމްއެއްގެ މަސްތުވާތަކެތި ޖަލަށް އެތެރެކުރަން އުޅުމުގެ މައްސަލައިގައެވެ. 

އަންހެން މީހާ ބަލައި ފާސްކުރުމުގައި ގާނޫނާއި ޚިލާފުވެފައިވާތީ ކޯޓުގައި އެ މައްސަލަ އަންހެން މީހާގެ މައްޗަށް ސާބިތެއް ނުވިއެވެ. ގާނޫނުގައިވާ ގޮތުން އަންހެނުން ބަލައި ފާސްކުރަން ޖެހޭނީ އަންހެން އޮފިސަރެއް މެދުވެރިކޮށެވެ. މި މައްސަލައިގައި އަންހެން މީހާ ބަލާ ފާސްކުރީ ފިހިރެން އޮފިސަރެކެވެ. 

ކްރިމިނަލް ކޯޓުން އަންހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކަނޑައެޅުމުން ދައުލަތުންވަނީ އެ ފަހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

ހައިކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އަންހެން މީހާ ބަލާ ފާސްކުރުމުގައި ކަރެކްޝަނުން އަމަލުކޮށްފައިވަނީ ރަނގަޅަށްކަން ބަޔާންކޮށްފައެވެ. 

އެ މައްސަލައާއި ގުޅޭގޮތުން ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އަންހެން ފުލުހަކު ނެތް ހާލަތެއްގައި ޑިއުޓީ އިންޗާޗް އަންގާ ކޮންމެ އަންހެނަކަށް ވެސް އަންހެނަކު ފާސްކުރެވިދާނެ ކަމަށް ފުލުހުންގެ ބާރުތައް ބަޔާންކޮށްފައިިވާ ގަވައިދުގައި އެބައޮތް ކަމަށެވެ. އަދި ޖަލަށް ވަންނަ މީހުން ފާސްކުރުމުގެ ބާރު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ވެސް ލިބިފައިވާކަމަށެވެ. 

ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ނޫރާ މޫސާ ބަލައި ފާސްކުރިއިރު މާފުށީ ޕޮލިސް ސްޓޭޝާންގައި އަންހެން ފުލުހަކު ނެތުމުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން މެދުވެރިކޮށް ނޫރާ މޫސާ ބަލައި ފާސްކޮށްފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ގާނޫނީ ބާރުތައް ބޭނުންކުރުމާއި ބެހޭ ގަވައިދާއި އެއްގޮތައް ކަމަށެވެ.

އެއާއެކު ހައިކޯޓުން ނިންމީ އެ މައްސަލައަކީ މައުލޫއީގޮތުން ބަލަންޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ