ކަޅުބެ އަބްދުއްލަތީފު
ހަބަރު
04 Sep 2022 | 13:13
ޣަޒުފުގެ ހުކުމް ތަންފީޒުކުރުމަށް ކަޅުބެ އަބްދުއްލަތީފު ގޮވާލީ ޅެމަކުން!

މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތުއަޅުވާ ނުވަތަ ޣަޒުފުކުރާ މީހުންގެ މައްޗަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްގު އަދަބު ދީ، ޣަޒުފުގެ ހުކުމް ތަންފީޒުކުރުމަށް އަބްދުއްލަތީފު (ކަޅުބެ އަބްދުއްލަތީފު) ގޮވާލައިފިއެވެ. 

އޭނާ ޣަޒުފުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލާފައިވަނީ އަމިއްލަ ޅެމަކުންނެވެ. އެ ޅެމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. 

ކަޅުބެ އަބްދުއްލަތީފަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒް އަބްދުލް ލަތީފްގެ ބައްޕަ، އަދި ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމްގެ ބޮޑުބޭބެ އެވެ.

ޣަޒުފުގެ ހުކުމް ތަންފީޒުކުރުމަށް ޅެން ބައިތުތަކުން އޭނާ ސަރުކާރަށް ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާފައިވާ ދަނޑިވަޅެއްގައެވެ. 

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ހައްޔަރުކުރުމާއި ގުޅިގެން ނަޝީދުވަނީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ޒިނާކުރާތަން ފެނިގެންދާ ފޮޓޯތަކެއް އޭނާއަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ.

އެފަހުން ނަޝީދު އެއީ ވިދާޅުނުވާ ވާހަކައެއްކަމަށް ހައްދަވަން މަސައްކަތްޕުޅު ކޮށްފައިވާއިރު، މިހާތަނަށް ނަޝީދުގެ އެ ތުހުމަތުތަކާއި ގުޅިގެން ކަމާގުޅުންހުރި އިދާރާއަކުން އެ މައްސަލަ ބަލާފައެއް ނުވެއެވެ. 

ކަޅުބެ އަބްދުއްލަތީފުގެ ޅެމުގައި ވަނީ ޣަޒުފުގެ ނުބައިކަމާއި، އެކަން ކުރާ މީހުން ހުއްޓުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. 

އަދި ގައުމުގެ ވަލީއުލް އަމުރުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތުއެޅުވުމަށްފަހު އެއަށް ޖަވާބުދާރީ ނުވެ ނުހުރެވޭނެކަމަށް އޭނާގެ ޅެމުގައި ބުނެފައިވެއެވެ. 

ޅެމުގައި ވަނީ، މާ އިހުއްސުރެ އިސްލާމްދީނުގައި އޮންނަ ހައްދު ނުޖެހޭ ފާސިގަކީ ދިވެހިންގެ އިއްޒަތްތެރިއަކަށް ބެލިދާނެތޯ ސުވާލު އުފައްދާފަ އެވެ. އަދި އެންމެންގެ ތެރޭގައި (ދައުލަތުގެ) އެންމެ އިސްވެރިޔާ އަށް ގަޒުފުކޮށް، އެއީ ނުބުނާ ބަހެއް ކަމަށް ނުހެދޭނެ ކަމަށާއި ހެކި ނެތް ނަމަ ހައްދު ޖަހަން ޖެހޭނެ ކަމަށް ޅެމުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާ، އެމަނިކުފާނު ޒިނޭކުރާތަން ފެންނަ "ހަތަރު ގަނޑު ފޮޓޯ" ނަޝީދަށް ލިބިވަޑައިގެންކަމަށް ވިދާޅުވިފަހުން އޭނާ ވަނީ، އެ ފޯޓަށް ލިބިވަޑައިގެން ފޯނު އިގިރޭސި ވިލާތުގައި ހުންނަވަނިކޮށް މީހަކު ޖަހައިގެންކަމަށް ވިދާޅުވެފައެވެ. 

އެ މައްސަލަ އިނގިރޭސި ވިލާތުގެ ފުލުހަށް ރިޕޯޓުކޮށްފައިވެސް ނުވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ރައީސް ސޯލިހުއަށް ޒިނޭގެ ތުހުމަތު ކުރެއްވިކަމަށް ހަދާފައިވަނީ ނޫސްތަކުންކަމަށް ނަޝީދުވަނީ އެފަހުން އޭނާ ދެއްވި ޕްރެސްކޮންފަރެނސްއެއްގައި ވިދާޅުވެފައެވެ. 

ނަޝީދުގެ އެ ތުހުމަތުތަކަށް ރައީސް ސޯލިހުވަނީ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބުރޫކު އަޒީޒު މެދުވެރިކުރައްވާ އިންކާރުކުރައްކާކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު އެފަދަ އަމަލެއް ނުކުރައްވާކަމުގެ ޔަގީންކަން ދެއްވާކަމަށް ތަރުޖަމާނު މެދުވެރިކޮށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ