ފްލޯޓިން ސިޓީގެ ކުރެހުން.. ފޮޓޯ: ޕީއެސްއެމް
ހަބަރު
04 Sep 2022 | 13:53
ފްލޯޓިން ސިޓީގެ ނަމޫނާ ގެތަކެއް އާންމުންނަށް ދައްކާލަނީ

މިމަހު ފަހުކޮޅުން ފެށިގެން ފްލޯޓިންގ ސިޓީގެ ނަމޫނާ ގެތަކެއް އާއްމުންނަށް ދައްކާލުމަށް ތައްޔާރުވަމުންދާ ކަމަށް އެ ޕްރޮޖެކްޓުގެ ދިވެހި ކޮންސަލްޓަންޓު ބުނެފިއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ.

މިދިޔަ ފެބްރުއަރީމަހުގެތެރޭ ފްލޯޓިންގ ސިޓީގެ ފުރަތަމަ ގެތައް އިމާރާތްކުރުމުގެ މަސައްކަތްވަނީ ބައިސަން މޯލްޑިވްސް އާއި ހަވާލުކޮށްފައެވެ.

އެ މަޝްރޫއުގެ ދިވެހި ކޮންސެލްޓަންޓަކީ އިބްރާހިމް ރިޔާޒެވެ. ދާދިފަހުން ދައުލަތުގެ މީޑިއާއަަށް ރިޔާޒު ދިން އިންޓަރވިއުއެއްގައި ވިދާޅުވީ ވިއްސާރައާއި ގުޅިގެން އާއްމުންނަށް އެތަން ދައްކާލުން ލަސްވެފައިވީ ނަމަވެސް މިމަހު މެދުތެރޭ މޫސުން ރަނގަޅުވާއެކު އެތަނުގެ މޮޑެލްތައް ދައްކާލާނެކަމަށެވެ. 

ރިޔާޒު ވިދާޅުވީ ފްލޯޓިން ސިޓީ ބަލާލަން ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމުގެ ފުތުސަރު ވެބްސައިޓު މެދުވެރިކޮށް ހުޅުވާލާނެކަމަށާއި، އެތަން ބަލާލަން ދާން ބޭނުންވާ ފަރާތްތަކަށް ޓްރާސްޕޯޓުވެސް ހަމަޖައްސާދެވޭނެކަމަށެވެ. 

ނަމޫނާއެއްގެގޮތުގައި ދައްކާލުމަށް ހަމަޖެހިފައިވަނީ ފްލޯޓިންގ ސިޓީގެ މަގެކެވެ. އެ މަގުގެ ދެ ފަރާތުގައި ގެތައް ހުންނާނެ ކަމަށާއި، މަގުގައި ގަސްތައްވެސް ހުންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. މިއާއެކު ފްލޯޓިންގ ސިޓީ ނިމިގެންދާއިރު ހުންނާނެ ގޮތް ސިފަވެގެންދާނެއެވެ.

ފްލޯޓިންގ ސިޓީ ތަރައްޤީކުރަމުންދަނީ މާލެ އަތޮޅު އާރަށް ކައިރީ އޮންނަ ފަޅެއްގައެވެ. މާލެއިން ފްލޯޓިންގ ސިޓީއަށް ލޯންޗުގައި 10 މިނެޓުން ދެވޭނެއެވެ.

ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒްކޮށެވެ. ފްލޯޓިން ސިޓީގެ މިމަޝްރޫޢު ނިމިގެންދާއިރު މިސަރަޙައްދަށް ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ބޮޑެތި ފިހާރަތަކުގެ އިތުރުން ސިއްޙީ ޚިދުމަތާއި ސްކޫލްތައް އައުމާއެކު މިއީ އިތުރަށް އުފެދޭ ވަޒީފާތައްކަމަށް މަސައްކަތުގެ ލޯކަލް ކޮންސަލްޓަންޓް ފާހަގަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ