ޑރ ޖަމީލު ޕީޕީއެމް ހަފްލާއެއްގައި ވާހަކަ ދައްކަވަނީ.. ފޮޓޯ: އަވަސް
ހަބަރު
04 Sep 2022 | 14:26
އެތައް ދުވަހެއް ފަހުން އެތައް ޚަރަދެއް ކޮށްގެން ހަދިޔާ ކުރީ ޓިނު ސުކޫލެއް: ޑރ ޖަމީލު

އެތައް ދުވަހަކަށްފަހު ބޮޑު ޚަރަދެއްކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އަޅާދިނީ ވަރަށް ފެންވަރު ދަށް ސުކޫލެއްކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ. 

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާދިން ސުކޫލަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ. ޖަމީލު ވިދާޅުވީ އެ ސުކޫލު ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ވިސްނުމުގެ ފެންވަރުކަމަށެވެ. އެތައް ޚަރަދުތަކެއްކޮށް ގިނަ ދުވަސްތަކަށްފަހު ސަރުކާރުން ރައްޔިތުންނަށް ހަދިޔާކުރީ "ޓިނު ސުކޫލެއް" ކަމަށް އޭނާ ވިދާޅުވިއެވެ. 

"މި ފެންނަނީ ރައީސް ސޯލިހުއާއި އެމްޑީޕީގެ ވިސްނުން، އެތައް ޚަރަދެއްކޮށް އެތައް ދުވަހެއް ފަހުން ހަދިޔާ މިކުރީ އެޓިނު ސްކޫލެއް" ޑރ ޖަމީލު ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދުވާން ފަށާ، މިހާ ދުވަސްވެގެންދާއިރު މިހާރުވެސް އެތަނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުްގައްޔޫމުގެ ޒައާމަތުގައި އަޅުއްވާދެއްވި ހިޔާ ފްލެޓުތައް ފެންނަނީ ވަރަށް ޒަމާނީ ރީތި އިމާރާތްތަކުގެ ގޮތުގައިކަމަށެވެ. 

އެފަދަ ތަރައްގީއަށް ރައްޔިތުން ލޯބިކުރާނަމަ، މި ހާލަތު ބަދަލުކުރަން ޖެހޭކަމަށާއި، އެކަން ކުރެވެން އޮތީ 2023 ގެ ރިޔާސީ އިންތިޚާބުން ރައީސް ސޯލިހުގެ ސަރުކާރު ބަދަލުކޮށްގެންކަންވެސް ޑރ. ޖަމީލުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވި ޕްރައިމަރީ ސުކޫލަކީ މިހާތަނަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސުކޫލެވެ.

އެ ސުކޫލު އިމާރާތްކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރަށް ނޫންކަމަށް ގިނަ ފަރާތްތައް ފާހަގަކުރަމުންދާއިރު، އަސާސީ ގިނަ ޚިދުމަތްތަކެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެން ނެތްކަން އެތަނުގައި ދިރިއުޅޭ ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ