ފައްޔާޒު އިސްމާއިލް/ ފޮޓޯ: ސަންގު
ހަބަރު
08 Sep 2022 | 05:14
ފައްޔާޒުގެ ބޮޑު ތުހުމަތެއް: އަތޮޅުތެރޭގެ 80 އިންސައްތަ މީހުން "އޮރިޔާން ފިލްމު" ބަލާ!

އަތޮޅުތެރޭގައި ދިރިއުޅޭ 80 އިންސައްތަ މީހުން ޕޯން ނުވަތަ އޮރިޔާން ފިލްމުބަލާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު އެފަދައިން ތުހުމަތުކުރައްވާ ވާހަކަދައްކަވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. 

މާލެއަށް އަތޮޅުތެރެއިން މީހުން އަންނަ ސަބަބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ އަތޮޅުތެރެއިން މީހުން މާލެ އަންނަނީ ރަށްރަށުގައި މުނިފޫހި ފިލުވޭނެ ވަސީލަތްތައް މަދުވުމުންކަމަށެވެ. މިހާރުގެ ޖީލު ރަށްފުށުގެ ދިރިއުޅުމަށްވުރެ ސިޓީއެއްގެ އާބަން ދިރިއުޅުމަށް ވާ ބޮޑަށް ޝައުގުވެރިވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. 

އެ ވާހަކައިގެ އިތުރު ތަފްސީލުތައް ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި ސިނަމާއެއްވެސް ނެތްކަމަށެވެ. ގެސްޓުހައުސް ހިންގާ ރަށްރަށުގައި ކެފޭތައް ހުރި ނަމަވެސް، ގިނަ ރަށްރަށުގައި ކުރާނެ ކަމެއް ނެތްކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

އެކަންކަން ފާހަގަކުރައްވާ ނަޝީދު ގައުމީ މަޖިލީހަށް ފޮރުވި މެސެޖަށް ޖަބާބުދެއްވަމުން ފައްޔާޒު ވިދާޅުވީ ނަޝީދުގެ ވާހަކައަަށް އޭނާ ތާއީދުނުކުރައްވާކަމަށެވެ. އަތޮޅުތެރޭގައި ދިރިއުޅޭ 80 އިންސައްތަ މީހުން މުނިފޫހިފިލުވުމަށް ކުރާ ކަމަކީ އޮރިޔާން ފިލްމު ބެލުންކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ފައްޔަޒީ މީގެ ކުރިންވެސް އޮފީސްތަކުގައި މަސައްކަތްކުރާ ފިރިހެނުންގެ ބޮޑު ބަޔަކީ އެއްޖިންސުން ގުޅުންހިންގާ ބައެއް ކަމުގައި ދޭހަވާ ޓުވީޓެއް ކުރައްވާފައިވާ ބޭފުޅެކެވެ. 

އެހެން ނަމަވެސް އެފަދައިން އޭނާ ހިސާބުތައް ހާމަކުރައްވަނީ ކޮން ދިރާސާއަކަށް ބައްލަވާފަކަމެއް ހާމަކުރައްވާފައެއް ނުވެއެވެ. 

މިފަހަކަށް އައިސް، ސަރުކާރުގެ އިސް ފަރާތްތަކުން އަތޮޅުތެރޭގެ ރައްޔިތުން ކުޑައިމީސްވާ ގޮތަށް ގިނަ ވާހަކަދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ