ނާޒިމް ސައްތާރު ބޭބެ ނަޝީދުއާއި އެކުގައި
ހަބަރު
08 Sep 2022 | 12:02
ނާޒިމު ސައްތާރު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯގެ މައްސަލަނުބަލަން ބާ ކައުންސިލުން ނިންމައިފި

ބަންގަލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުހުން ހިނގާތަން ފެނިގެންދާ ވީޑިއޯއެއް އާންމުވެފައިވީނަމަވެސް، އެ މައްސަލަ ނުބެލުމަށް ބާ ކައުންސިލުން ނިންމައިފިއެވެ. 

ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާތަން ފެނިގެންދާ ވީޑިއޯއެއް އާނމުވުމާއި ގުޅިގެން، އެ މައްސަލައިގެ ތަހުގީގު ފަށައި، ފުލުހުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅިގެން ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ވަނީ ބާ ކައުންސިލަށް ހުށައަޅާފައެވެ. 

އެ މައްސަލަ ބާ ކައުންސިލަށް ހުށައެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. 

މިދިޔަ ޖުލައި މަހު އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅުއްވާ ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.

ތާލިބު ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ވަގުތަށް" ދެއްވި އިންޓަރވިއުއެއްގައި ވަނީ އެ މައްސަލަ ހުށައެޅުއްވިތާ ދެ މަސްފަހުން ބާ ކައުންސިލުން މައްސަލަ ނުބަލަން ނިންމާފައިވާކަން އޭނާއަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. 

މައްސަލަ ނުބަލަން ނިންމި ސަބަބާއި ގުޅިގެން ބާ ކައުންސިލުން ބުނީ ވަކީލަކާއި ގުޅޭ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށައެޅޭނީ ގާނޫނީ ވަކީލަކާއި ހަވާ ލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ.

އަދި، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކަކީ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއް ކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.

ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށްވެސް ވަނީ ނިންމާފައެވެ. 

އެއްޖިންސުން ގުޅުން ހިންގުމަކީ އިސްލާމްދީން ނަހީކުރާ ބޮޑު މުންކަރާތަކަށްވާއިރު، ގާނޫނައި އޮތް ލޫޕް ހޯލެއްގެ ސަބަބުން ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ނުބެލޭނެކަމަށް ކަނޑައެޅުމަކީ ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށައެޅުއްވި ފަރާތުން ވަނީ ފާހަގަކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ