އަލަމްގިރި އެތައް ބަޔަކާއެކު ޖިންސީގުޅުން ހިންގި ކޮޓަރި
ހަބަރު
08 Sep 2022 | 12:38
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްފީދައެވެ. އެގޮތުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެއްކަމަށެވެ.

ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އުމުރުން 45 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖެހިއިރު އުމުރުން 47 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް ކޯޓުން ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ހަމައެއާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އުމުރުން 49 އަހަރުގެ މީހާގެ ބަންދަށް ވެސް 14 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއްޖިންސުން ގުޅުންހިންގި މައްސަލައާއި ގުޅިގެން އަލަމްގިރި ފުލުހަށް ހާޒިރުކުރުމުން، ދިން ބަޔާނުގައި އޭނާ ވަނީ އެތައް ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، އަދި އެ އަމަލު ހިންގަމުން ދިޔައިރު، އޭނާ ގެންގުޅުނު ފޯނަކުން ރިކޯޑުކުރިކަމަށް އެއްބަސްވެފައެވެ.

އެގޮތުން 50އަށް ވުރެ ގިނަ ވީޑިއޯ ރިކޯޑުކޮށްފައިވާނެކަމަށް އަލަމްގިރި ވަނީ އެއްބަސްވެފައެވެ.

އޭނާ ފުލުހަށް ދިން ބަޔާނުގައި ބުނެފައިވާ ގޮތުންނަމަ، އޭނާ ވީޑިއޯކުރަން ގެންގުޅުނު ފޯނު ވަނީ ބަޔަކު ވަގަށް ނަގާފައެވެ. އެ ފޯނުގައި ހުރި ވީޑިއޯތައް ބޭނުންކޮށްގެން މީހުން ބްލެކުމެއިލް ކުރީ ފޯނު ވަގަށް ނެގި މީހާކަމަށް ބެލެވޭކަމަށް އަލަމްގިރި ބުނެފައިވެއެވެ.

ބްލެކްމެއިލް ކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ ޕްރޮޓެކްޓިވް ޑިޕާރޓުމަންޓުގައި މަސައްކަތްކުރަމުންދިޔަ ސާޖެންޓު އިބްރާހިމް ހަނީފުވަނީ މުސާރައާއެކު ސަސްޕެންޑުކޮށްފައެވެ. ހަނީފަކީ އަލަމްގިރި އޭރު ދިރިއުޅެމުންދިޔަ ގޭގެ ވެރިފަރާތުގެ ކޮއްކޮގެ ފިރިމީހާއެވެ. އަލަމް ގިރި އެގޭގައި އުޅުނުއިރު، ހަނީފު އެގެއަށް ޒިޔާރަތްކޮށްފައިވާކަމަށް އޭނާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ