ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
ހަބަރު
08 Sep 2022 | 13:13
ބޯޓުފަހަރު ބަނދަރުކުރުމަށް ދިޔަނެރުފަޅާއި ޖެހުނު ފަޅު ތަރައްގީކުރަނީ

ބޯޓު ފަހަރު ބަނދަރުކުރުމަށް ދިޔަނެރުފަޅާއި ޖެހިގެން އޮންނަ ފަޅު ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. 

އެކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުއެވެ. 

އެ މަސައްކަތާއި ގުޅޭގޮތުން މިއުވާން ވިދާޅުވީ ނިމިދިޔަ ހަފްތާގައި ބޯޓިން އެސޯސިއޭޝަންގެ އެގްސެކްޓިވް ބޯޑާއެކު ބޭއްވި ބައްދަލުވުމަށްފަހުގައިކަމަށެވެ. 

އެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ބޯޓިންގެ ޚިދުމަތަށް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން މަޝްވަރާކުރައްވާފައިކަމަށް މިއުވާން ވިދާޅުވިއެވެ. 

އެފަހުން ޔޮޓް އެސޯސިއޭޝަނާއިވެސް ބައްދަލުކުރެއްވިކަމަށާއި، އެ ބޭފުޅުންހުރި ކަންބޮޑުވުންތަކާއި ގުޅިގެންވެސް މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އެ މަޝްވަރާތަކަށްފަހު ރައީސް ސޯލިހު ބޯޓުތައް ބަނދަރުކުރުމަށް ދިޔަނެރުފަޅާއި ޖެހިގެން އޮތްފަޅު ތަރައްގީކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. 

"ރައީސް ވަނީ ބޯޓުތައް، އަދި ސަފާރީތައް ބަނދަރުކުރުމަށް ބަނދަރެއް ދިޔަނެރުފަޅާއި ޖެހިގެން އޮންނަ ފަޅުގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފަ" މިއުވާން ވިދާޅުވިއެވެ. 

އެފަޅު ތަރައްގީ ކުރުމުގެ ޕްލޭނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، ބަނދަރު ތަރައްގީކުރުމަށް ބިންހިއްކުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެކަމަށެވެ. އެއާއެކު އަންނަ އަހަރުގެ މެދުތެރޭގައި އެ މަސައްކަތް މުޅިން ނިންމާލެވި އެ ބަނދަރު ބޭނުންކުރަން ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. 

މިއުވާން ވިދާޅުވީ، ދިޔަނެރުފަޅާއި ޖެހިގެން އޮތް ފަޅުގައި ތަރައްގީކުރާ ބަނދަރުގައި ޖަނަރޭޓަރާއި ނުލައި ކަރަންޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ގާއިމުކުރާނެކަމަށެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްތެވެސް ގާއިމްކުރާނެކަމަށެވެ. 

އެ ބަނދަރު ތަރައްގީވުމާއެކު، ބޯޓު ފަހަރާއި ޔޮޓުފަހަރު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަަކެއް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ