ޝުޖާއު ޕީޕީއެމް ސައިކަލު ބުރުގެ ތެރެއިން/ ފޮޓޯ: މިހާރު
ހަބަރު
09 Sep 2022 | 00:12
ރައީސް ޔާމީންއަށް ހުކުންކޮށްފިނަމަ ސަރުކާރަށް 5 އަހަރު ފުރިހަމަކުރުމުގެ ފުރުސަތެއް ނުދޭނަން: ޝުޖާއު

ޕީޕީއެމްގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ނުހައްގުން ހުކުން ކޮށްފި ނަމަ، މި ސަރުކާރަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރަން ޕީޕީއެމުން ފުރުސަތު ނުދޭނެކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ރައީސް ޔާމީންއަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރި ހިސާބުން، ސަރުކާރުން އަނިޔާ ދޭން ފަށާފައިވާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ ސްޕީޑުވެސް ހަލުވިކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އޭގެ އިތުރުން އެ ޝަރީއަތަށް ސަރުކާރުން ބޮޑެތި ނުފޫޒުތަކެއް ފޯރުވަމުންދާކަމަށްވެސް ޝުޖާއު ވަނީ ތުހުމަތުކުރައްވާފައެވެ. 

ވ. އާރަށުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޮނިހިރު ދުވަހަށް ތާވަލުކުރުމާއި ގުޅިގެންވެސް ޝުޖާއު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހަފްތާ ބަންދަށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކުރުވީ ރައީސް އޮފީހުން ނުފޫޒު ފޯރުވައިގެންކަމަށެވެ. 

ރައީސް އޮފީހުގައި ހިނގާ ކަންކަމާއި ގުޅޭ މައުލޫމާތުތައް ބަރާބަރަށް އޭނާއަށް ލިބިވަޑައިގަންނަވާކަމަށް ޝުޖާއު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ރައްޔިތުން މި އުފައްދާ ސުވާލަކީ، ޕްރޮސެކިއުޓަރ ޖެނެރަލް މިއަދު ހުރީ ކޮން ހާލަތެއްގައިތޯ؟ އޭނަ އަސްލައްތޯ ހިނގަނީ ނޫނީ އިބްރާހިމް މުހައްމަދު ސޯލިހު ބަޓަނަށް އޮބީމަ ހިނގާ މީހެއްތޯ؟ އޭނަގެ ކަރަށް އޮތީ ކޮންކަހަލަ ވަލެއްތޯ ލާފަ. އެވަލަށް ދަމަން ތިބީ ކޮން ބައެއްތޯ ރައީސް އޮފީސްތެރޭން؟" ޝުޖާއު ސުވާލު އުފެއްދެވިއެވެ. 

ޝުޖާއު ވިދާޅުވީ ޕީޖީއަށް ސަރުކާރުން ފޯރުވަމުންދާ ނުފޫޒަކީ ރައީސް ޔާމީންގެ ޝަރީއަތަށް ފޯރުވާ ނުފޫޒު ފެށޭ ހިސާބުކަމަށެވެ. 

"ރައީސް ޔާމީން އެ އޮންނެވީ ގޭގައި އާލާސްކަންފުޅާ. މިއަދު ޕީޖީ އަށް ރައީސް އޮފީހުން ބަޓަނުން ފިތާފަ މި ބުނަނީ ރައީސް ޔާމިންގެ ޝަރީއަތް އެޖެންޑާ ކުރަން ޖެހޭނެއޭ ހަފްތާ ބަންދަށް. ބައްލަވާ ހަމަ ބުނުމާއެކު، ޖޭއެސްސީގެ ތެރެއިން ފަނޑިޔާރު މަނިކުފާނަށް އެ ނުފޫޒު އެދަނީ މި ހަފްތާ ބަންދުގެ ތެރޭގައި ޖެހޭނެއޭ ރައީސް ޔާމީންގެ މައްސަލަ ތާވަލްކުރަން" ޝުޖާއު ވިދާޅުވިއެވެ. 

އާލާސްކަންފުޅާއި އުޅުއްވާތީ ރައީސް ޔާމީންގެ ޝަރިއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލްކުރުމަށްފަހު ވަނީ ކެންސަލްކޮށްލާފައެވެ. އަދި އެ އަޑުއެހުން އެފަހުން ވަނީ މި މަހުގެ 25 ވަނަ ދުވަހަށް ތާވަލްކުރުމަށްފަހު، ހޮނިހިރު ދުވަހަށް އަވަސްކޮށްފައެވެ. 

މިކަންކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، ސަރުކާރުން މިހާރު ކުރަމުންދާކަމަކީ ރައީސް ޔާމީންއަށް އަނިޔާވެރވުންކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނަކީ ގިނިކަންޏާއ ހުންނެވި ލީޑަރެއް ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ. 

އޭގެ އިތުރުން ޝުޖާއު ވަނީ ރައީސް ޔާމިންގެ މައްޗަށް ނުހައްގުން ހުކުމްކޮށްފިނަމަ މި ސަރުކާރަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުގެ ފުރުސަތު ޕީޕީއެމުން ނުދޭނެކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ