ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން/ ފޮޓޯ: ސަން
ހަބަރު
11 Sep 2022 | 13:25
ބިދޭންސީންނަށް މިނިމަމް ވޭޖު ނުދިނުން، ބައިނަލްއަގުވާމީ މުއާހަދާތަކާއި ޚިލާފު: ޓްރާންސްޕޭރެންސީ

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުދިނުމަކ ބައިނަލްއަގުވާމީ މުއާހަދާތަކާއިވެސް ޚިލާހު އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމުކުރުމަށް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ޖަމުއިއްޔާއެއްކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ. 

ވަޒީފާއާއި ބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ކ)އަށް މިހާރު ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގަރެސްއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްވަނީ ނޫސްވަޔާނެއްވެސް ނެރެފައެވެ. 

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދިނުން ފަސްކުރުމަކީ ރާއްޖެއިން 2013 ވަނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހުގައި ސޮއިކޮށް ބައިވެރިވެފައިވާ "އީކުއަލް ރެމިއުނެރޭޝަން ކޮންވެންޝަން"އާ ޚިލާފު ކަމެއް ކަމަށެވެ.

އެ އިސްލާހުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިން ލައްވައި ކުޑަ އުޖޫރައެއްގައި މަސައްކަތްކުރުން ރާއްޖޭގައި ހުއްދަވާނެ ކަމަށާއި، އެއީ ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން މަސައްކަތްތެރީންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަންޖެހޭކަމަށް ބުނެފައިވާ އުސޫލާއިވެސް ޚިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ނުބެފައެވެ.

އޭގެ އިތުރުން އެ ޖަމުއިއްޔާއިން ބުނީ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދޭން ޤާނޫނީ ގޮތުން ނުޖެހޭނަމަ ކުޑަ އުޖޫރައެއް ދީގެން ބިދޭސީން ލައްވައި މަސައްކަތްކުރުވައި ނާޖާއިޒު ފައިދާ ނެގުމަށް އިތުރަށް މަގުފަހިވާނެ ކަމަށެވެ. ދިވެހި މަސައްކަތްތެރިންނަށް ވަޒީފާ ދިނުމަކީ އިތުރު ތަކުލީފެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކަށް ފެންނާނެ ގޮތަށް ޤާނޫނަށް ގެންނަ އިސްލާހަކީ ދިވެހި މަސައްކަތްތެރިން އަގުވަޒަންނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީއިން ބުނީ މިފަދަ އިސްލާހެއްގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި އިޖުތިމާއީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގުރާމުތަކަށް ބުރަ ބޮޑުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާ ނެތް ދިވެހި ޒުވާނުން އިންތިހާއަށް އިތުރުވާނެކަމަށެވެ.

2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު މަސައްކަތްކުރާ އުމުރުގެ 317،482 މީހުން އެބަތިބިކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ އެއިން މަސައްކަތުގައި އުޅެނީ 191،270 މީހުން ކަމަށެވެ. އަދި މި ފާސްކުރި އިސްލާހުގެ ސަބަބުން ވަޒީފާ ލިބޭ ދިވެހިންގެ އަދަދު އިތުރަށް މަދުވާނެކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

މިކަންކަން ފާހަގަކޮށް އެ ޖަމުއިއްޔާއިން ވަނީ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ނައްތާލައި ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްގޮތަށް އަމަލުކޮށް އެ އިސްލާހު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ