މިދިޔަ އަހަރު އައިސީއައިއޭ ގެ ތެރެއިން -- ފޮޓޯ: އައިޔޫއެމް
ހަބަރު
11 Sep 2022 | 19:13
ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް މި މަހު އިސްލާމިކް ޔުނިވަސިޓީގައި ބާއްވަނީ

ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް މި މަހު 17 އިން 18 އަށް އިސްލާމިކް ޔުނިވަސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ. 

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ނަމުގައި ބޭއްވޭ މި ކޮންފަރެންސްގައި ރާއްޖެއާއި ބައިނަލްއަގްވާމީ ގިނަ އިލްމުވެރިން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅާ ބަހުސްކުރެވިގެންދާނެއެވެ.

އިސްލާމިކް ޔުނިވަސިޓީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ  މިއީ އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި 2016 އިން ފެށިގެން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބޭއްވޭ ކޮންފަރެންސެއް ކަމަށެވެ.

އައިސީއައިއޭ ގައި ޖުމްލަ ހަތަރު ތީމަކަށް ރިސާޗު ޕޭޕަރުތައް ހުށަހެޅިގެންދާނެއެވެ. އެގޮތުން މި ހަތަރު ތީމުގެ ތެރެއިން ފުރަތަމަ ތީމަކީ ސޯޝަލް ސައިންސް، ހިއުމަނިޓީސް އަދި އެޑިއުކޭޝަންއެވެ. ދެވަނަ ތީމަކީ މެނޭޖްމަންޓް، ވިޔަފާރި، އިގުތިސާދު، އެކައުންޓިން ފައިނޭންސް އަދި ބޭންކިން އެވެ. އައިސީއައިއޭގެ ތިންވަނަ ތީމަކީ ގުރްއާން ސްޓަޑީޒް، ޝަރީއާ އެންޑް ލޯއެވެ. ހަތަރު ވަނަ ތީމަކީ ޓުއަރިޒަމާއި ތިމާވެށި އަދި ޓެކްނޮލޮޖީއެވެ.

މި ތީމު ތަކުގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމާއި ގުޅޭ ގޮތުންވެސް ރިސާޗް ޕޭޕަރުތަކެއް ހުށަހެޅިގެންދާނެ ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ކޮންފަރެންސުގައި ހުށަހެޅޭ ޕޭޕަރު ތަކުގެ އަދަދާއި ދާއިރާތަކަށް ބަލާއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެބޮޑު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ކަމަށް އިސްލާމިކް ޔުނިވަސިޓީއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.