މޯލްޑިވިއަންގެ ޑެޕިއުޓީ އެމްޑީ ޖެނިފާ އަދި އައިލެންޑު އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އަމީނު
ހަބަރު
13 Sep 2022 | 07:50
A321 އެއާބަސް ފޮނުވާލާފައި އާ ބޯޓެއް ގަންނަވަރގެ މާލީ ގާބިލުކަމެއް މޯލްޑިވިއަންގެ ނެތް: ކެޕްޓަން އަމީނު

A321 މަރުކާގެ އެއާބަސް މަތިންދާބޯޓު އަނބުރާ ފޮނުވާލުމަށްފަހު އާ ބޯޓެއް ގަންނަވަރުގެ މާލީ ގާބިލުކަމެއް މިހާރު ގައުމީ އެއާލައިން މޯލްޑިވިއަންގެ ނެތްކަމަށް އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ އަދި 21 އަހަރު އޭވިއޭޝަންގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއްކަމަށްވާ ކެޕްޓައިން މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

A321 މަރުކާގެ އެއާބަސް މަތިންދާ ބޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ލީސް އެއްބަސްވުންތަކެއްގެ ދަށުން ގެނައި ދެ މަތިންދާ ބޯޓުގެ ތެރެއިން އެއް ބޯޓެވެ. 

އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ނުދެއްކިގެން ގައުމީ އެއަރލައިނުން ވަނީ އެ ބޯޓު އަނބުރާ ފޮނުވާލުމަށް ނިންމާފައެވެ. 

އެހެން ނަމަވެސް ސަރުކާރުން ގެންދަނީ އެ ނިންމުން ދިފާއުކުރައްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ A321 މަރުކާގެ އެއަރބަސް ފޮނުވާލަން ނިންމީ އެ ބޯޓަކީ ގިނަ ދުވަސް ވުމުގެ ސަބަބުން ބާވެފައިވާ ބޯޓެއްކަމަށް ވާތީއެވެ. އަދި އޭގެ ބަދަލުގައި އާ ބޯޓެއް ގެނައުމަށް ނިންމާފައިވާކަމަށްވެސް ޖެނިފާ ވިދާޅުވިއެވެ. 

ޗެނަލް-13 އިން ގެނެސްދިން ނިއުސްޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކެޕްޓަން އަމީނުވަނީ އެއަރބަސް ފޮނުވާލަން ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އާ ބޯޓެއް ގެނައުމާއި ގުޅޭގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކައަށް ރައްދުދެއްވާފައެވެ. 

އެގޮތުން ކެޕްޓަން އަމީނު ވިދާޅުވީ އާ ބޯޓެއް ގަތުމަކީ ހިތަށް އެރީމާ ކުރެވޭ ވަރަށްވުރެ މާ ގިނަ މަސައްކަތްތަކެއްގެ ތެރެއިން، ނުވަތަ ދިގު ޕްރޮސީޖަރެއްގެ ތެރެއިން ގިނަ ޚަރަދުތަކާއެކު ކުރެވޭ ކަމެއްކަމަށެވެ. އަދި އެއަރބަސް ފޮނުވާލުމަށްފަހު އާ ބޯޓެއް ގެންނަ ވާހަކަ ދައްކަނީ ސަރުކާރުގެ ދިފާއުގައި ކަމަށާއި، އެއީ ކުންފުނީގެ ހާލަތު އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްކަމަށް ކެޕްޓަން އަމީނު ވިދާޅުވިއެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ، އާ ބޯޓެއް ގަތުމުގެ މާލީ ގާބިލުކަން މޯލްޑިވިއަންގެ ނެތްކަމަށެވެ. އެފަދަ ގާބިލުކަމެއް ހުރި ނަމަ، އާ ބޯޓުތައް ގަތުމުގެ ބަދަލުގައި މިހާރު ހުރި ބޯޓުތައް މަރާމާތުކުރައްވަންވީ ނޫންތޯވެސް ކެޕްޓަން ވަނީ އައްސަވާފައެވެ. 

"އަޅުގަނޑަށް ފެނުނު ނޫސްތަކުން އެ ބޯޓުގެ ބަދަލުގައި އެހެން ބޯޓެއް ގެންނަ ވާހަކަ.  "ސެލްފް ޑިފެންސް" ގައި މިއަދު ކޮންމެސް އެއްޗެއް ވިދާޅުވާން މަޖުބޫރުވާތީ ވިދާޅުވި ނަމަވެސް ހިނގަމުން ގޮއްސަހުރި ވިޔަފާރިއެއްގެ ތެރޭގައި އޮންނަ ބޯޓެއް، ޓެކްނިކަލީ އެއްވެސް މައްސަލައެއް ނެތް، ގޮތެއް ނުހޯދާ އެ ގެންދަން ޖެހެނީ، ކުންފުނީގައި މިއަދު ވިޔަފާރިއެއްވެސް ނެތީމަ. މެއިންޓެއިން ކުރެވޭނެ ގޮތެއްވެސް ނެތީ. އެހެން ނޫން ނަމަ މިހާރު، ހެނގަރުތެރޭގައި ހުރި ސީދާ ދިވެހި ދައުލަތުގެ މިލްކިއްޔާތުގެ ތެރޭގައި ހުރި ބޯޓުތައްވެސް ސަރވިސްކޮށްގެން ދުއްވަން ޖެހޭނެ ދެއްތޯ؟" 

އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން އަމީނު

ކެޕްޓަން އަމީނުގެ ވާހަކައިގައި ވަނީ ގައުމީ އެއަރލައިން ދަރަނިވެރިވި ސަބަބުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ކެޕްޓަން ވިދާޅުވީ، ފައިދާގައި ހިނގަމުން ދިޔަ ކުންފުންޏެއް ބަނގުރޫޓުވުމާއި ގާތަށް ދިޔަ މައިގަނޑު ސަބަބަކީ އޭވިއޭޝަންގެ ތަޖުރިބާ ނެތް، ސިޔާސީ ފަރާތްތަކާއި ކުންފުނީގެ ހިންގުން ހަވާލުކުރުންކަމަށެވެ. އަދި އެތަނުގައި ތިބި ޓެކްނިކަލް ސްޓާފުން އެއްފަރާތްކޮށް، ކުންފުނި ސިޔާސީ ކުރުންކަމަށެވެ. 

މިހާރު އޮތް ހާލަތުން އެ ކުންފުނި ނަގާ އަލުން ކޮޅަށް ޖެހުމަކީ ވަރަށް އުނދަގޫ ކަމެއްކަންވެސް ކެޕްޓަން އަމީނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ