އެމްޓީސީސީ ސީއީއޯ އާޒިމް/ ފޮޓޯ: އެމްޓީސީސީ
ހަބަރު
13 Sep 2022 | 21:36
މަޑަވެލި-ހޯޑެއްދޫ ބްރިޖަކީ ތާރީހީ މަސައްކަތެއް، ސަރަހައްދުގެ އިގްތިސާދަށް ދިރުން ގެނުވާނެ: އާޒިމް

ގދ. މަޑަވެލި އަދި ހޯޑެއްދޫ ބްރިޖަކުން ގުޅާލުމަށް ހިންގާ މަޝްރޫއަކީ ތާރީހީ މަޝްރޫއެއްކަމަށާއި، އެ މަޝްރޫއާއެކު އެ ސަރަހައްދަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

އާޒިމް އެފަދައިން ވިދާޅުވެފައިވަނީ ގދ މަޑަވެލި- ހޯޑެއްދޫ ކޯޒްވޭގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

އާޒިމްގެ ވާހަކަ ފައްޓަވަމުން ވަނީ މަޑަވެއްޔާއި ހޯޑެއްދޫގެ ތާރީހަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މަޑަވެލި، ހޯނޑެއްދޫއަކީ ހުވަދުއަތޮޅުގެ މުހިއްމު ދެ ރަށެއްކަމަށާއި، މިއީ ތާރީޚީގޮތުންވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދެ ރަށް ކަމަށެވެ. 

މަޑަވެލި ހޯޑެއްދޫ ބްރިޖު މަޝްރޫއު އާޒިމް ސިފަކުރައްވަނީ އެ ސަރަހައްދުގެ އިގްތިސާދަށް އާ ދިރުމެއް ލިބިގެންދާނެ މަޝްރޫއެއްގެ ގޮތަށެވެ. އެ މަޝްރޫއާއެކު ތިމާވެށީގެ ގޮތުން މިހާރު އެ ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މި އެޅޭ ބްރިޖަކީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ހޯދައިދޭނެ ބްރިޖެއް. އިރާދަކުރެއްވިއްޔާ މި ބްރިޖު މިހާރު ޕްލޭންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާއިރު މިހާރު ތަޖުރިބާކުރަމުންދާ ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ލިބިގެންދާނެ. ބްރިޖާއި ރަށާގުޅޭ ދިމާލުގައި ބޮޑު ހިލަޖަހަން ނިންމާފައި އެވަނީ މި ދެންނެވި ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދައިދޭން"

އެމްޓީސީސީގެ ސީއީއޯ އާޒިމް

މަޝްރޫއިން ސަރަހައްދަށް ލިބިގެންދާނެ ކުރިއެރުންތަކަށް އަލިއަޅުވާލައްވާ އާޒިމްގެ ވާހަކައިގައި ވިދާޅުވީ ބުރިޖާއެކު ގުޅިގެންދާނީ ހަމައެކަނި މަޑަވެއްޔާއި ހޯޑެއްދޫ އެކަނި ނޫންކަމަށެވެ. އޭގެ އިތުރުން އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ކަންނިގިލާއާއި ހާދޫވެސް ގުޅާލެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާއެކު އިގުތިސާދީ މަސައްކަތްތައް ފުޅާކުރުމަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ ބްރިޖު ވެގެންދާނީ ފަތުރުވެރިކަމަށްވެސް ދެ ރަށް ހުޅުވާލެވި އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ.

މަޑަވެލި-ހޯޑެއްދޫ ބްރިޖު މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ހަމައެހެންމެ ބްރިޖަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރެއިން ކުރެވިގެންދާނެއެވެ. މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވެގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ