މިނިސްޓަރު ފައްޔާޒު ކޮމެޓީގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
15 Sep 2022 | 12:22
ޖޫރިމަނާ ނުދެއްކިގެން 14000 ކުންފުނި އުވާނުލެވި އެބައޮތް: ފައްޔާޟު

ޖޫރިމަނާ ނުދެއްކިގެން އުވާނުލެވި 14000 ކުންފުނި އެބަ އޮތް ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވެފައިވަނީ އެއް ޝެއަރ ހޯލްޑަރަކަށް ކުންފުނި ހެދުމުގެ ހައްގު ދިނުމަށް ކުންފުނީގެ ބިލަށް އިސްލާހު ގެނައުމަށް މިނިސްޓްރީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ހުށައަޅުއްވަމުން ދެއްކެވި ވާހަކަފުޅެއްގައެވެ. 

ކުންފުންޏާ ބެހޭ ބިލްގެ ނަން، "ކުންފުނީގެ ބިލް" މިގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ މިނިސްޓްރީގެ ފަރާތުން މި ބިލަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ހިއްސާކުރައްވާފައެވެ.

އިގްތިސާދީ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެކްޓިވް ނޫން ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރުވެސް މިނިސްޓްރީއިން ކުރަމުންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އޮންނަ ގާނޫނުގެ ދަށުން ކުންފުނީގެ ރިޕޯޓު ހުށަނާޅާ ކުންފުނިތަކާއި، ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު ޖޫރިމަނާކުރާކަމަށެވެ. އެގޮތުން މެނޭޖިން ޑިރެކްޓަރު 10000 ރުފިޔާއިން ޖޫރިމަނާކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

އަދި އެ ގަވައިދު އެ ގޮތަށް އޮތުމުގެ ސަބަބުން އެކްޓިވް ނޫން 14000 ކުންފުނި ޖޫރިމަނާ ނުދެއްކިގެން އުވާނުލެވި އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

"އެބަހުރި ބައިވަރު ކުންފުނިތައް ތާށިވެފަ އެ ރިޕޯޓު ހުށަނޭޅިގެން ދިހަ ހާސް ރުފިޔާ އަރަމުން އަރަމުން ގޮސް، އެގޮތަށް 14000 ކުންފުނި އެބައޮތް އެކްޓިވް ނޫން، އެކަމަކު އެއްކަލަ ޖޫރިމަނާ ނުދެއްކިގެންގޮސް ކުންފުނިވެސް އުވާނުލެވިފައި"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު 

އެކަންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަހަރީ ރިޕޯޓު ހުށަނާޅާ ކުންފުނިތައް ޖޫރިމަނާ ކުރަމުންދާ އުސޫލަކީ ބޭނުންތެރި އުސޫލެއް ނޫންކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ކުންފުނިތައް އުވާލަން ޖެހޭ ހާލަތުގައި އެކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއްވެސް އޮންނަކަމަށެވެ. 

ކުންފުނީގެ ބިލު އެކުލަވާލުމަށް ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ އަހަރީ ފީއަކީ ކުރީގެ ވޯލްޑްބޭންކުގެ އީޒް އޮފް ޑުއިން ބިޒްނަސްގެ ވަރަށް ބޮޑަށް އުވާލަންވެސް ރިކޮމެންޑް ކުރާ އެއްޗެއްކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކުންފުންޏާ ބެހޭ ގާނޫނަށް މިނޫންވެސް ބަދަލުތައް ގެންނަން ހުށަހަޅާފައިވާއިރު މިނިސްޓަރު ފައްޒާޒް ވިދާޅުވީ ޑިރެކްޓަރުން އެޕޮއިންޓް ކުރުމުގައި ކަންކަން ބެލުމާއި ޑިރެކްޓަރުން ޒިންމާދާރުކުރުމުގެ ބައެއް ވެސް ބިލުގައި ހިމެނޭކަމަށެވެ.

އެގޮތުން ކުންފުނީގެ ސާރވިސް އެޑްރެހެއް ދިނުމަށްވެސް ވަނީ ހުށައަޅާފައެވެ. އަދި ވަކި ވަކި ޝެއަރ ހޯލްޑަރުންގެ ގޮތުގައި ތިބޭ މީހުންނަށް އެމީހުން ތަމްސީލުކުރާނެ އެހެން މީހަކު ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަން ކުރެވޭނެ އިސްލާހެއްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ހުށައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ