މެމްބަރު ފަޒުލް ރަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
17 Sep 2022 | 14:02
ވިތު ހޯލްޑިނގް ޓެކްސް ކަނޑާލީ ދިވެހި ކުންފުނިތައް އިނދަޖައްސާ، އިންޑިއާ ކުންފުނިތަކަށް ޖާގ ދިނުމަށް: ފަޒުލް

މި ސަރުކާރުން ވިތު ހޯލްޑންގ ޓެކްސް ކަނޑާލީ ދިވެހި ކުންފުނިތައް އިނދަޖައްސާ އިންޑިއާ ކުންފުނިތަކަށް ޖާގަ ދިނުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

ވިތު ހޯލްޑިން ޓެކްސްއަކީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން، ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ނަގާ ޓެކްހެކެވެ. އެއީ ޖުމުލަ ވިޔަފާރީގެ އަދަދުގެ 10 ޕަސެންޓް ދައްކަން ޖެހޭ ޓެކެހެވެ.

އެހެން ނަމަވެސް ސަރުކާރުން ވަނީ ވިތު ހޯލްޑިންގް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ޓެކުހާއި ބެހޭ ގާނޫނު އިސްލާހުކޮށްފައެވެ. 

އެކަމަށް އިޝާރާތްކުރައްވާ ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ސަރުކާރުން އެކަން ކުރީ ދިވެހި ކުންފުނިތައް އިނދަޖައްސާލުމުގެ ބޭނުމުގައިކަމަށެވެ. އަދި އިންޑިއާ ކުންފުނިތަކަށް ޖާގަ ދިނުމަށްކަމަށެވެ. 

"ވިތު ހޯލްޑިން ޓެކްސް ކަނޑާލައިފި. މީގެ ބޭނުމަކީ ކޮބައިތޯ؟ ދިވެހި ކުންފުނިތައް ކޮބާތޯ މިއަދު؟ ދިވެހި ކުންފުނިތައް އިނދަޖެހިގެން ދަނީ. ބޭންކަރަޕްޓު ވެގެން ގޮސްފި. އިންޑިއާގެ ކުންފުނިތަކަށް ޖާގަ ދިނުމަށްޓަކައި ވިތު ހޯލްޑިންގ ޓެކްސް ކަނޑާލައިގެން ދިޔައީ"

މެމްބަރު ފަޒުލް ރަޝީދު 

ފަޒުލް އިތުރަށް މިއީ ރޭވިގެން ހިންގާ ބޮޑު ކޮރަޕްޝަނެއް ކަމަށެވެ. ފަޒުލް ވިދާޅުވީ ވިތު ހޯލްޑިން ޓެކްސް ކަނޑާލުމާއި ގުޅިގެން އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އެކަން ކުރަމުން ނުދާކަމަށެވެ. 

އަދި މި ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކަކީވެސް ރައީސް ޔާމީންގެ ޒައާމަތުގއި ފަންޑު ހަމަޖެހިފައިވާ މަސައްކަތްތަކެއްކަމަށް ފަޒުލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ