އައިޔޫއެމްގެ ބައިނަލްއަގުވާމީ ރިސާޗް ކޮންފަރެންސް
ހަބަރު
17 Sep 2022 | 11:17
އައިޔޫއެމްގެ ބައިނަލްއަޤުވާމީ ރިސާރޗް ކޮންފަރެންސް ފަށައިފި

އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

މިއަދު މި ކޮންފަރެންސް ފަށާފައިވާއިރު، މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 17، 18 މި ދެދުވަހުއެވެ.

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ނަމުގައި ބޭއްވޭ މި ކޮންފަރެންސްގައި ރާއްޖެއާއި ބައިނަލްއަގްވާމީ ގިނަ އިލްމުވެރިން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅާ ބަހުސްކުރެވިގެންދާނެއެވެ.

މިއަހަރުގެ މަހާސިންތާގައި ބޭރުގެ 12 ބޭފުޅަކާއި ރާއްޖޭގެ 218 ފަރާތެއް ބައިވެރިވާނެކަމަށް އައިޔޫއެމްއިން މަޢުލޫމާތުދެއްވައެވެ. މިމަހާސިންތާގައި މިއަހަރު 48 ކަރުދާސް ހުށައެޅުމަށްވަނީ ނިންމާފައެވެ.

އައިސީއައިއޭ ގައި ޖުމްލަ ހަތަރު ތީމަކަށް ރިސާޗު ޕޭޕަރުތައް ހުށަހެޅިގެންދާނެއެވެ. އެގޮތުން މި ހަތަރު ތީމުގެ ތެރެއިން ފުރަތަމަ ތީމަކީ ސޯޝަލް ސައިންސް، ހިއުމަނިޓީސް އަދި އެޑިއުކޭޝަންއެވެ. ދެވަނަ ތީމަކީ މެނޭޖްމަންޓް، ވިޔަފާރި، އިގުތިސާދު، އެކައުންޓިން ފައިނޭންސް އަދި ބޭންކިން އެވެ. އައިސީއައިއޭގެ ތިންވަނަ ތީމަކީ ގުރްއާން ސްޓަޑީޒް، ޝަރީއާ އެންޑް ލޯއެވެ. ހަތަރު ވަނަ ތީމަކީ ޓުއަރިޒަމާއި ތިމާވެށި އަދި ޓެކްނޮލޮޖީއެވެ.

މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމާއި ގުޅޭ ގޮތުންވެސް ރިސާޗް ޕޭޕަރުތަކެއް ހުށަހެޅިގެންދާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެބޮޑު ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ކަމަށް އިސްލާމިކް ޔުނިވަސިޓީއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.