ޑްރިފްޓް އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން/ ފޮޓޯ: ޑްރިފްޓް އެސޯސިއޭޝަން
ހަބަރު
18 Sep 2022 | 16:13
ޑްރިފްޓު ކުރުމާއި ރޭސިންގެ ތަފާތު އޮޅޭގޮތަށް ވާހަކަ ދެއްކުން ޑްރިފްތް އެސޯސިއޭޝަނުން ކުށްވެރިކޮށްފި

ޑްރޭގް ރޭސިން އާއި ޑްރިފްކުރުން އޮޅޭގޮތަށް ރޭސިން އެސޯސިއޭޝަނުން ދެއްކި ވާހަކަ ޑްރިފްޓު އެސޯސިއޭޝަނުން ކުށްވެރިކޮށްފިއެވެ. 

ޑްރިފްޓް އެސޯސިއޭޝަނުން ވަނީ ރާއްޖެގައި މޮޓޯ ސްޕޯޓްސް ސަރުކާރުން ބަލައިނުގަންނަކަށާއި، މޮޓޯ ސްޕޯޓްސްއަށް އެއްބާރުލުން ނުދޭކަމަށް ބުނެ މީސްމީޑިއާގައި ފާޅުކުރަމުން ދިޔަ ޚިޔާލުތަކާއި ގުޅިގެން ޑްރިފްޓު ކުރުމަކީ ކޮބައިކަން އޮޅޭގޮތަށް ރޭސިން އެސޯސިއޭޝަނުން ނެރިފައިވާ ބަޔާނަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި ޑްރިފްޓް އެސޯސިއޭޝަނުން ބުނީ ޑްރޭގް ރޭސިން އަކީ ޑްރިފްޓުކުރުމާއި ތަފާތު ކުޅިވަރެއްކަމަށެވެ. އެގޮތުން ރޭސް ޖެހުމަށް ޓްރެކެއް ނުވަތަ ދިގު މަގެއް ބޭނުންވި ނަމަވެސް ޑްރިފްޓް ނުވަތަ ސްޓަންޓު ހަރަކާތްތަކަށް އެވަރުގެ ބޮޑު ޖާގައެއް ބޭނުން ނުވާނެކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މެދުގައި އެ ދެ ކުޅިވަރު އޮޅޭގޮތަށް ބަޔަކު ވާހަކަދައްކަމުންދާކަމަށް ޑްރިފްޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރޭސިން އެސޯސިއޭޝަންގެ ބައެއް އިސްވެރިންވެސް ހިމެނޭކަން ޑްރިފްޓްއިން ފާހަގަކޮށްފައިވެއެވެ. އެކަން ފާހަގަކޮށް އެ އެސޯސިއޭޝަނުން ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރީގައި ހަމަނުހެޖުން ހިންގާ، ފުލުހުންނާއި ކުރިމަތިލިކަމަށް ދެކެވުުނު ވާހަކަތައްވެސް ދޮގުކޮށްފައެވެ. އަދި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށް ޑްރިފްޓުން ވަނީ ބުނެފައެވެ. 

ޑްރިފްޓް އެސޯސިއޭޝަނުން ބުނި ގޮތުގައި "ތާޒްޑޭ ނައިޓް" އިވެންޓަކީ ފުވައްމުލަކު މޮޓޯ ސްޕޯޓްސް އިން ޔޫތު މިނިސްޓްރީގައި އެދިގެން އެޗްޑީސީއިން ދިން ހުއްދައިގެ ދަށުން ހިންގަމުންދާ ހަރަކާތެކެވެ. އަދި އެފަހުން ޑްރިފްޓް އެސޯސިއޭޝަން ވުޖޫދުވުމާއި ގުޅިގެން އެ ހަރަކާތް ހިންގަނީ ދެ އެސޯސިއޭޝަންގެ ހަރަކާތެއްގެ ގޮތުގައިކަމަށް ބަޔާންކޮށްފައިވެއެވެ. 

ޑްރިފްޓު އެސޯސިއޭޝަންގެ ބަޔާނުގައި ވަނީ ޑްރިފްޓު ކުރާ ކުދިންނަކީ މަގުމަތީގައި ރޭސްޖަހާ ކުދިންކަމަށް އާރ.އޭ.އެމް އިން ބުނި ބުނުން ކުށްވެރިކޮށްފައެވެ. އަދި އެ ކުދިންނަކީ މަގުމަތީގައި ބާރަށް ދުއްވާ ކުދިން ނޫންކަމަށާއި، އެމީހުންނަކީ މަގުމަތީގެ ގަވައިދުތަކަށް ހޭލުންތެރި ކުދިންކަމަށް ޑްރިފްޓިން ވަނީ ބުނެފައެވެ. 

ޑްރިފްޓް އެސޯސިއޭޝަނުން ބުނީ ޑްރިގްޓް ހަރަކާތްތަކުގައި ބައިވެރިވާ ކުދިން ހަމައެކަނި ބޭނުންވަނީ އެކުދިންގެ ހުނަރު ދައްކާލުމަށްކަމަށެވެ. އަދި އެކަމުގައި ބައިވެރިވާ ގިނަ ކާރުތަކަކީ އާންމުކޮށް މަގުތަކުގައި ދުއްވާ ކާރުތަކެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ. 

ޑްރިފްޓު އެސޯސިއޭޝަންގެ ހަރަކާތަކީ ހުއްދަ ނަގައިގެން ހިންގާ ހަރަކާތެއް ކަމަށާއި، މިހާރު ވަކި ބައެއްގެ ނުފޫޒުން އެ ފަރާތަށް ދީފައިވާ ހުއްދަ ބާތިލު ކުރުވާފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އެގޮތުން ޑްރިފްޓުގެ ހަރަކާތްތަކުގެ ސަބަބުން ދިބޭސީންނަށް އުނގަދޫވާކަމަށް ރޭމް އިން ބުނެފައިވާއިރު، އެ ހަރަކާތަކީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ގަވައިދުން ބާއްވަމުން ދިޔަ ހަރަކާތެއްކަމަށް ޑްރިފްޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އުނދަގޫވެގެން މިހާތަނށް ރިޕޯޓުކޮށްފައި ނުވާއިރު، އިވެންޓު ބެލުމަށް ކުޑަކުދިންނާއި އާއިލާތައް ދާކަންވެސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ބަޔަކަށް އުނދަގޫވާކަމަށް ދައްކާ ވާހަކައަކީވެސް ހަރަކާތަށް ހުރަސްއެޅުމުގެ މާނައިގައި ދައްކާ ވާހަކައެއްކަމަށް ޑްރިފްޓުން ވަނީ ބުނެފައެވެ. 

އެކަންކަން ފާހަގަކޮށް ޑްރިފްޓު އެސޯސިއޭޝަނުން ބުނީ ހަރަކާތް ހިންގުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، އަދި އަވަސް ހައްލުތަކެއް ހޯދުމަށް ރަސްމީ އިދާރާތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުންދާކަމަށެވެ. އެގޮތުގެ މަތިން ޔޫތު މިނިސްޓަރާއި އެކު ބައްދަލުވުމަކަށް މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގައި އެދިފައިވާނެކަމަށާއި، އެހެން ނަމަވެސް މިހާތަނަށް ބައްދަލުވެފައި ނުވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

ޑްރިފްޓް އެސޯސިއޭޝަނުން ބުނީ މޮޓޯ ސްޕޯޓްސްގެ ހައްގަކަކީ ވަކި އެސޯސިއޭޝަންއަކަށް ލިބިފައިވާ ހައްގެއް އެކަނި ނޫންކަމަށެވެ. އެ ކުޅިވަރު ތަރައްގީ ކުރުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަދައްކާ ކުޅިވަރު ފުޅާާކުރުމަކީ ކޮންމެ ބަޔަކަށްވެސް ލިބެން ޖެހޭ ފުރުސަތެއްގެ ގޮތުގައި ޑްރިފްޓް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އެއާއެކު އެ އެސޯސިއޭޝަނުން ބުނީ ޑްރިފްޓު ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވާ އާލާކުރުމަކީ ޑްރިފްޓު އެސޯސިއޭޝަން އުފެއްދި މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެހެންކަމުން ޑްރިފްޓު ކުރުން އޮޅޭގޮތަށް، އަދި އެކަމުގައި އުޅޭ ކުދިންނަށް ނިސްބަތްކޮށް ހަގީގަތް އޮޅޭ ވާހަކަތައް ރޭމް ފަދަ އެސޯސިއޭޝަނުން ދެއްކުމަކީ ޑްރިފްޓް އެސޯސިއޭޝަންގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އެއާއެކު ޑްރިފްޓު އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަންގެ މަސައްކަތްތަކަށް ފާޑުކިޔުމުގެ ބަދަލުގައި ކޮންމެ އެސޯސިއޭޝަނަކުންވެސް އެމީހުންގެ އަމިއްލަ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ