މެމްބަރު އިބްރާހިމް ރަޝީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
19 Sep 2022 | 11:00
ގައުމީ ޝިޕިން ލައިނުން އުޅެނީ ކެޕްޓަނުންނާއި އިންޖިނިއަރުން ނުލިބިގެން: އިބްރާހިމް ރަޝީދު

ގައުމީ ޝިޕިން ލައިން ކުންފުނިން އުޅެނީ ކެޕްޓަނުންނާއި އިނޖިނިއަރުން ނުލިބިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު( ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަތީ ތައުލީމާއި ތަމްރީގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު ބަހުސްކުރައްވަމުންނެވެ. 

އޭނާ ވިދާޅުވީ ވަޒީފާގެ ބާޒާތަށް މުހިންމީ ކޮންކޮން ދާއިރާތަކުން ތައުލީލު ހާސިލުކުރުންކަން ދަރިވަރުންނަށް އޮތީ ބުނެނުދެވިކަމަށެވެ. އެހެންކަމުން މުހިންމު އެކި ދާއިރާތަކަށް ކިޔަވައިގެން ތިބި ދިވެހިން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. 

އެގޮތުން އޭނާ ވިދާޅުވީ ގައުމީ ޝިޕިން ލައިނުގައިވެސް ދިވެހިންނަށް ޚާއްސަ ވަޒީފާތަކަށް މީހުން ނިލިބޭކަމުގެ ޝަކުވާ އައިސްފައިވާކަމަށެވެ. އަދި އެ ވަޒީފާތަކަކީ ބޮޑު މުސާރައިގެ ވަޒީފާތައްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑަށް އިހަށް ދުވަހު ދިމާވި ދިވެހިރާއްޖޭގެ ޝިޕިން ލައިން ހިންގާ އެންމެ އިސް ފަރާތް. ވިދާޅުވީ ތިމަންނާމެން މި އުޅެނީ ކެޕްޓަނުންނާއި އިންޖިނިއަރުން ނުލިބިގެންނޭ. ސްކޯލަރޝިޕަށް ދާނެ ފުރުސަތު ހުޅުވާލައިގެން ކުއްޖަކު ކުރިމަތި ނުލައިގެންނޭ މި އުޅެނީ، ހަމަގައިމުވެސް ދިހަ، ބާރަ ހާސް ޑޮލަރު ލިބޭނެ"

މެމްބަރުން އިބްރާހިމް ރަޝީދު

ބޮންޑާ ވިދާޅުވީ އެފަދައިން ދިމާވާ ސަބަބަކީ ވަޒީފާގެ ބާޒާރަށް ކުދިން އަހުލުވެރި ނުވެ އޮތުންކަމަށެވެ. 

ރާއްޖޭގައި ވަޒީފާ ލިބެން ހުރި ދާއިރާތަކާއި ގުޅޭ މައުލޫމާތުތައް ދީ، އެ ދާއިރާތަކުން ކިޔެވުމަށް ދަރިވަރުންނަށް ބާރު އެޅުމަކީ މުހިންމުކަމެއްކަމަށާއި، ބިލު ފާސްކުރާއިރު، އެފަދަ ދާއިރާތަކަށް ކިޔަވައިދިނުން ޔުނިވަރސިޓީތަކަށް ލާޒިމު ކުރުމާމެދު މަޝްވަރާތައް ކުރުމަށް ބޮންޑާ ވަނީ އެދިވަޑައިގަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.