ކްރިމިނަލް ކޯޓު
ހަބަރު
20 Sep 2022 | 09:45
ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި!

މާފަންނު ޕޮލިސް ސްޓޭޝަން ކައިރިއަށް ގުރޫޕަކުން އެއްވެ ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި މީހާ, އިއްޔެ ކުރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ދޫކޮށްލި އެ މީހަކީ 31 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ އިންޒާރުދީ، ބިރު ދެއްކުމުގެ ތުހުމަތުގައެވެ. 

ނަމަވެސް, އިއްޔެ ކުރިމިނަލް ކޯޓަށް އޭނާގެ ބަންދު ޖަހަން ގެންދިޔުމުން ކަނޑައަޅާފައިވަނީ އޭނާގެ ހައްޔަރު ގޯސް ކަމަށެވެ. އެގޮތުން, އިއްޔެ އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން, އެމީހާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެއް ނޫނެވެ. އަދި, އޭނާ ހައްޔަރުކޮށްފައިވަނީ ވެސް ކޯޓު އަމުރެއް ނެތި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން, ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ހަމައެކަނި ކުށުގެ ވެށިންނެވެ.

އެހެންކަމުން، އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅެން ނެތުމުން, ކުރިމިނަލް ކޯޓުން ނިންމީ ބަންދު ނުޖަހައި, ދޫކޮށްލާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮލިސް ސްޓޭޝަނަށް ވަދެ, އެމީހާ އެތަނުގައި ތިބި ފުލުހުންނަށް އިންޒާރު ދިނީ އެ ސްޓޭޝަން ކައިރީގައި ހުންނަ އީގަލްސް ދަނޑު ކައިރީގައި ވައްކަމުގެ ތުހުމަތުވާ މީހަކު ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ވައްކަމުގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަނިކޮށް, އެމީހާ އައިސް އިންޒާރު ދިނުމާއެކު, އޭނާ ވެސް އެ ސަރަހައްދުން ހުއްޓުވައި, ހައްޔަރުކުރި އެވެ. 

އެ މައްސަލައިގައި އެ ދުވަހު ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ އިދާރާއަށްވަދެ ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދީފައިވާތީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ކޮމިޝަނަރ ވަނީ ދެއްވާފައެވެ.
"ޖަމާއަތް ހަދައި ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ