އޮލިމްޕަސް ސިނަމާ--- ފޮޓޯ/މިހާރު
ހަބަރު
20 Sep 2022 | 11:04
އޮލިމްޕަހުގެ މަސައްކަތްތައް އަންނަމަހުގެ ނިޔަލަށް ނިންމާލެވޭނެ: ޔުމްނާ

މަރާމާތަށް ބަންދު ކޮށްފައިވާ އޮލިމްޕަހުގެ މަސައްކަތްތައް މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރައްވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އޮލިމްޕަސް މަސައްކަތް ނިމޭނެ ތާރީހާއި އަދި އެ ތަނުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސް އަލުން ޒަމާނީ ގޮތަކަށް ބަދަލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތް ނިމޭނެކަމަށް ބެލެވެނީ އަންނަ މަހުގެ ނިޔަލަށް ކަމަށެވެ.

އޮލިމްޕަހުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ޔުމްނާ ވިދާޅުވީ އެ ތަނުގައި ހިންގާ ހަރަކާތްތައް އިސްތިހާރު ކުރުމަށް އޮލިމްފަސްގެ މައި ގޭޓް މަތީގައި ލެޑް ޕެނެލްއެއް ހަރުކޮށްފައިވާ ކަމަަށެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ އޮލިމްޕަހުގެ ހޯލާއި ރިހާސަލް ރޫމުތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ހަވާލުކުރި ފަރާތުން އެ މަސައްކަތް ކުރެވެން ނެތްކަމަށް އެންގުމުން އެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ސިންގަލް ސޯސް އުސޫލުން އެހެންފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު އޮލިމްޕަސް ހޯލުގައި ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް ސައުންްޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިން ފަހަރު އިއުލާނުކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި މަސައްކަތްވެސް ސިންގަލް ސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދާ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ހަވާލުކޮށް އެގްރިމަންޓްގައި މިހާރު ސޮއިވެސް ކޮށްފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޮލިމްޕަހުގައި ގާއިމްކުރާ ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމްކުުރުމަށް ހަދާ ޕްލެޓްފޯމްގެ މަސައްކަތް ހަވާލުކުރެވުނު ފަރާތުން އެއްބަސްވުމާ އެގޮތަށް އެ މަސައްކަތް ފަށާފައިނުވާތީ އެ އެއްބަސްވުން ބާތިލުކޮށް، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ. އަދި އޮލިމްޕަހުގައި ނިންމަންޖެހޭ އެހެނިހެން މަސައްކަތްތައްވެސް އެކިފަރާތްތަކާ ޙަވާލުކޮށްގެން ނިންމުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޮލިމްޕަސް ތަރައްގީ ކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ އެހީގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.