ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ--ފޮޓޯ: މަޖިލިސް
ހަބަރު
21 Sep 2022 | 17:08
ޕޮލިސް ބޯޑުގެ ހަރަދު ބޮޑުވެފައި ޝަކުވާ ވެސް ބޮޑު؛ ބޯޑުގެ "ބޭނުން ރަނގަޅަށް ނުހިފޭ": ޢިމްރާން

ފުލުހުންގެ ބޯޑުގެ ޝަކުވާ ބޮޑުވެފައި ޚަރަދުވެސް ބޮޑު އިރު، އެ ބޯޑުގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

މިއަދުގެ ކޮމިޓީއަކީ ސިއްރު ކޮމިޓީއެއް ގޮތަށް ގެންދަން ފާސްކުރިނަމަވެސް، މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީ ލައިވް ކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ބޯޑުން ބޭނުންވާ ގިނަ ކަންކަމަށް މިނިސްޓްރީއަށް އެއްބަސްނުވެވޭކަމަށާއި އެ ބޯޑުން ބޭނުން ވަނީ މިނިސްޓްރީގެ ދަށުން ވަކިވެ މިނިވަން ގުނަނެއްގެ ގޮތުގައި ހިންގައި، އަމިއްލަ ވެބްސައިޓަކާއި ސިއްކައެއް ބޭނުން ކުރުމަށް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފުލުހުންގެ ބޯޑަކީ މިނިވަން ބޯޑަކަށް ހެއްދުމަށް އެ ބޯޑުން އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށާ،  އަދި އެކަމުގެ ސަބަބުން ބޯޑުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި ބޯޑަކީ އިފެކްޓިވް ބޯޑަކަށް ނުވެގެން ދިޔަ ކަމަށް ގަބޫލުފުޅު ކުރެވޭކަމަށް އިމްރާން ވިދާޅުވިއެވެ.

"އެ ބޭފުޅުން އެ ބޯޑަކީ މިނިވަން ބޯޑަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި އަހަރަކާ ގާތަށް، އަސްލު އެކަމާ ހުރެ ބޯޑުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފި ބޯޑަކީ އިފެކްޓިވް ބޯޑަކަށް ނުވެގެން ދިޔަ ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ،" އިމްރާން ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީފުލުހުންގެ ބޯޑު މިހާރު ހިނގަމުން އަންނަ ގޮތުން ބޯޑުގެ "ބޭނުން ރަނގަޅަށް ނުހިފޭ" ކަމަށާއި އެ ބޯޑުން މިނިސްޓްރީއަށް ދޭން ޖެހޭ އެއްބާރުލުން ވެސް ނުލިބޭކަމަށެވެ. އަދި އެ ބޯޑުގެ ހަރަދު ބޮޑުވެފައި ޝަކުވާ ވެސް ބޮޑުކަމަށާއި ބޯޑުން މީޓިން ރޫމް ސައުންޑު ޕްރޫފު ކުރުން ފަދަ ހަރަދު ކުރަން ވެސް އެދިފައިވާކަމަށެވެ.

"އަޅުގަނޑުގެ ސެކެޓެރިއޭޓަށް ވުރެ 10 ގުނަ ހަރަދާއި ވަސީލަތްތައް ދީގެން މިހުރީ، އެކަމަކު އަދިވެސް އެ ބޭފުޅުންނަށް ކަމެއް ކޮށްދެވޭ ކަމަކަށް ނުވޭ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވިގޮތުގައި ޕޮލިސް ބޯޑުގެ މި މައްސަލަ ހައްލު ކުރެވޭނީ އެ ބޯޑަކީ މިނިސްޓަރު ޗެއާ ކުރައްވާ ބޯޑަކަށް ވެގެންނެވެ. އެހެންނޫންނަމަ ބޯޑުން ދޭ އެއްވެސް ލަފަޔަކީ މިނިސްޓްރީން ގެންގުޅޭ ހަމަތަކާ އެއްގޮތް ކަމަކަށް ނުވާނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ލަފާތަކަށް އަމަލު ނުކުރެވުން ކަމަށެވެ.

ފުލުހުންގެ ބޯޑަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް އުފައްދާފައިވާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރާ ދެ މެންބަރުންނާއި އާންމުންގެ ފަރާތުން ދެ މެންބަރުންނާއި ފަންނީ ތިން މެންބަރުންނެވެ.

މި ބޯޑަކީ، ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ ބޯޑެވެ. އެގޮތުން ތަހުގީގީ އުސޫލުތައް ކަނޑައެޅުމާއި ފުލުހުންގެ ތަމްރީނުތަކުގެ އޮނިގަނޑު އެކަށައެޅުން ފަދަ މުހިންމު ބާރުތަކެއް ބޯޑަށް ލިބެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ހިމަބިހި ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުން
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ވުޒާރާއާއި އެޗްޕީއޭ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،045 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ.
25 Aug 2026
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިތުރު ރަށެއް ތަރައްޤީކުރަނީ
ރޮއިޓަރސްއިން ބުނާ ގޮތުގައި، މިއީ ޗައިނާއިން އެ ސަރަހައްދުގައި ބިނާކުރާ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ވެގެންދާނެކަމަށް މާހިރުން ލަފާކުރެއެވެ
25 Aug 2026
ވިނަރެސް ޓަވަރުތައް ހިމެނޭ މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެ އެމަޖެންސީގައިި އެމްބިއުލާންސް ގެނެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ