ރަހާ ދޯނިން ފިޔޯރީ ރައްޔިތުންނަށް މަސްކޮޅު ހަދިޔާ ކުރަނީ
ހަބަރު
22 Sep 2022 | 12:22
ކަނޑަށް އުކާލުމުގެ ބަދަލުގައި "ރަހާ" ދޯނިން ބޭނި މަސްކޮޅު ފިޔޯރީ ރައްޔިތުންނަށް ހަދިޔާކޮށްފި

ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ރާއްޖޭގައި މަސްވެރިކަން ވަނީ ތިޔާގިވެފައެވެ. މީގެ ކުރިން އެތައް މޭލަކަށް ދުއްވައިގެންވެސް ނުބޭނޭ ވަރަށް މަސްވެރިން މި ދުވަސްކޮޅު މަސް ބާނަމުންދާކަން ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް ޓަނު ޓަނުން ބާނާ މަސްކޮޅު ކިރޭނެ ގޮތެއް މަސްވެރިންނަކަށް ނެތެވެ. މަސްވެރިކަން ތިޔާގި ވި އިރު މަސްކިރޭނެ ރަނގަޅު އިންތިޒާމެއް ސަރުކާރަށް ހަމަޖައްސާދެވިފައި ނެތުމުންނެވެ. 

މަސްކިރާ ތަންތަނުގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ ދެއްކި ނަމަވެސް، މަސް ދޯނިތަކަށް ކަނޑައަޅާ ވަކި ވަރަކަށް ނޫނީ މަސްކިރާ ތަންތަނުން މަހެއް ކިޔައެއް ނުދެއެވެ. 

މަސްކިރެނީ ދިގު ކިއުތަކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. ކޫއްޑޫއިން ނުކިރިއްޖެ ނަމަ ފެލިވަރަށް މިހެން އެކި ސަރަހައްދުތަކަށް މަސް ދޯނިތައް ބާނާ މަސްކޮޅު ކިރުވުމަށް ދުއްވަން ޖެހެއެވެ. 

މިހާލުގައި މަސްކިރުމުގެ ކަންކަން ކުރާއިރު، މަސް ތާޒާކަންމަތީގައި ބެހެއްޓުމަށް ބޭނުންވާ އައިސްކޮޅު ހޯދުންވެސް ވަނީ އިންތިހާއަށް ދަތިވެފައެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިސް ޕްލާންޓުގެ ހާލަތު ސަރުކާރަށް ރެއަކާލީ މަސްވެރިކަން ތިޔާގިވުމާއި ގުޅިގެން އައިސް ހޯދުމަށް މަސް ދޯނިތައް ޕްލާންޓުތަކާއި ގާތްކުރަން ފެށި ހިސާބުންނެވެ. 

ތ. އަތޮޅުގެ މަސްވެރިޔަކު ކިޔައިދިން ގޮތުގައި ރާއްޖޭގައި ހުރި ގިނަ އައިސް ޕްލާންޓުތައް ހުރީ ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެފައެވެ. މަސްތައް މައްޗަށް އަޅާލާނެ އައިސްކޮޅެއްވެސް ނުލިބިގެން އެތައް ޕްލާންޓެއް ދޮށަށް ދުއްވަން ޖެހޭކަމަށް އެ މީހާ ކިޔައިދިނެއެވެ. އަދި އައިސް ލިބެނީވެސް ދިގު ކިޔުއެއްގައި ޖެހިގެންކަމަށް ކިޔައިދިނެއެވެ. 

މިހާ ދަތިހާލުގައި މަސްވެރިން އުޅޭއިރު، މަސްތައް ކިރޭނެ ގޮތެއް ނެތި، ނުވިތާކަށް ތާޒާކަން މަތީގައި މަސްތައް ބެހެއްޓުމަށް އައިސްކޮޅެއް ނުލިބުމުގެ ސަބަބުން ބޭނި މަސްކޮޅު ހަލާކުވެގެން 20 ޓަނުން 30 ޓަނުން ކަނޑަަށް އަޅާލާ މަންޒަރުވެސް މި ފަހަކަށް އައިސް ފެނިއްޖެއެވެ. 

ކަން މިހެން ހުރިއިރު، އައްޑޫ ސިޓީގެ "ރަހާ" ދޯނިން ވަނީ އެ މީހުން ބޭނި މަސްކޮޅު ކަނޑަށް އެޅުމުގެ ބަދަލުގައި ފިޔޯރީ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. 

ކަނޑަށް އަޅާލުމަށްވުރެ ބޭނި މަސްކޮޅު ބަޔަކަށް ހަދިޔާކުރުން ރަނގަޅުކަމަށް އެ ދޯނީގެ މަސްވެރިންނަށް ގަބޫލުކުރެވިގެން ފިޔޯރީ ރައްޔިތުންނަށް މަސްކޮޅު ހަދިޔާކުރީއެވެ. 

ޔަގީނުންވެސް، އެ ރަށުގެ ރައްޔިތުންނަށް އެކަމުން ވަރަށް ފައިދާވާނެއެވެ. އެ ރައްޔިތުން ލައިގެންކާ އެއްޗެއް ހޯދުމަށް އެތައް ފަސޭހައެއް ވެގެން ދިޔައީއެވެ. 

މަސްދަޅެއްގެ އަގުވެސް މިއަދު އެތައް ތަނެއް އުފުލިފއިވާއިރު، އައްޑޫ ރަހާ ދޯނީގެ މަސްވެރިންެގ ހެޔޮ އެދުންތަކާއެކު އެ ލިބުނު މަސްކޮޅުގެ ސަބަބުން ފިޔޯރީ ރައްޔިތުންގެ ޖީބަށް އެތައް ލުއެއް ލިބިގެންދާނެއެވެ. 

ހިތާމައަކީ، މަސްކޮޅު ކަނޑަށް އަޅާނުލި ނަމަވެސް، ރަހާ ދޯނީގެ މަސްވެރިން އަނބުރާ އަނބިދަރިން ކައިރިއަށް ދާނީ ހުސްއަތާކަމަށް ވުމެވެ. މަސްވެރިކަމަކީ އާމްދަނީ ހޯދުމަށް އެމީހުން ކުރާ މަސައްކަތްކަމަށްވާއިރު، ކަނޑު ރޯދި އަނބުރާ ކަނޑަށް ނާޅަން ބަޔަކަށް ހަދިޔާ ކުރި ނަމަވެސް، އެ މަސްވެރިންނަށް ބަދަލުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އެއްޗެއް ނޯންނާނެއެވެ. 

މަސްވެރި އާއިލާއަށް ތިބޭނީ ބަނޑަށެވެ. ކަންމަތީ ފިހާރައަށް ދަރާފައި އޮތް ލާއރިކޮޅު އޮންނާނީ ނުދެއްކިއެވެ. ދަރިފުޅަށް ބޭނުންވާ އެތައް ކަމެއް ފުއްދާ ނުދެވިއެވެ. ސުކޫލަށް ބޭނުންވާ ސާމާނު ހޯދާނުދެވިއެވެ. 

މިއީ މަސްވެރިންނަށް ހައްގުވާ މިންވަރުތޯ ސުވާލު އުފައްދާލަން ޖެހެއެވެ. ބޭނި މަސްކޮޅު ކަނޑަށް ނާޅަންޏާ ބަޔަކަށް ހަދިޔާކޮށްފައި ހުސްއަތާ އަނބިދަރިން ކައިރިއަށް ދާން ޖެހުމަކީ ސަރުކާރުން މަސްވެރިންނަށް ހޯދައިދިން ހައްގުވާ މިންވަރުތޯވެސް ސުވާލު އުފައްދާލަން ޖެހެއެވެ. އަދި މި ނޫން ގޮތެއް ނެތީ ތޯ ވެސް ސުވާލު އުފައްދާލަން ޖެހެއެވެ. 

ކޮމެންޓް
ބަޗީ
އަޅުގަނޑުމެންގެ ލޮބުވެތި އަޚުންގެ ތިޔަ ހެޔޮ ޢަމަލަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި! ތިބާމެންގެ ތި ޢަމަލުގެ ބަދަލު ދެދުނިޔޭގައިވެސް ލިބޭނެކަން ޔަޤީން!
22 Sep 2022
ކޮރަކަލި
މަސްނުކިރޭނެކަން އެގޭހާލު ކަނޑުގައި މަސްއޮތޭކިއާފައި މަސްބޭނުމަކީ ގޯހެއް
22 Sep 2022
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ